








skynews-coventry-mosque-stabbing_5918703
އިނގިރޭސިވިލާތުގެ މިސްކިތެއްގެ ކުރިމަތީގައި ވަޅިން ހަމަލާދީ މީހަކު މަރާލައިފި އެވެ.
ޖާމިއާ މަސްޖިދު އިންސްޓިޓިއުޓުގައި ވަޅިން ހަތިޔާރު އެޅި ބަޔަކު، މަރާމާރީއެއް ހިންގި ކަމުގެ ރިޕޯޓް ވެސްޓް މިޑްލޭންޑްސްގެ ފުލުހުންނަށް ލިބުނީ ރޭ 9 ޖެހި އިރު އެވެ.
ފުލުހުން އެސަރަހައްދަށް ދިޔަ އިރު އަނިޔާވެފައިވާ ދެ ފިރިހެނުން ފެނުނު އިރު އެކަކު އޭގެ ކުޑަ އިރުކޮޅެއް ފަހުން ވަނީ މަރުވެފައި އެވެ. މަރުވެފައިވަނީ އުމުރުން 52 އަހަރުގެ މީހެކެވެ.
ދެން އަނިޔާވި އުމުރުން 44 އަހަރުގެ މީހާއަށް ލިބިފައިވަނީ ކުޑަ އަނިޔާތަކެކެވެ.
ސީންއަށް އެޓެންޑު ވިތާ އިރު ކޮޅެއް ފަހުން ހަތިޔާރު އެޅި އޮފިސަރުން ވަނީ 56 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައެވެ. އަދި އުމުރުން 27 އަހަރުގެ ދެވަނަ މީހަކު މިއަދު ފަތިހުގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފަ އެވެ.
މި ދެ މީހުނަށްވެސް ފުލުހުން ކުރަނީ މީހަކު މަރާލި ކަމުގެ ތުހުމަތުގަ އެވެ.








