








asdasdw
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރަކަށް ދެން ވަޑައިގަންނަވާނީ ކޮން ބޭފުޅެއްކަން މިއަދު އިއުލާނުކުރާނެ އެވެ.
އިނގިރޭސިވިލާތުގެ ލީޑަރޝިޕް ގެ ކުރިމަތިލުން ފެށުނީ ބޮރިސް ޖޯންސަން އޭނާގެ ސަރުކާރުގެ ގިނަ ޚިޔާނާތްތަކާއި ކެބިނެޓްގެ ގިނަ ބޭފުޅުން އިސްތިއުފާ ދެއްވުމާ ގުޅިގެން ބޮރިސް އަމިއްލަ ފުޅަށްވެސް އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވުމާ ގުޅިގެންނެވެ. އެގޮތުން ބޮރިސް އިސްތިއުފާ ދެއްވީ ޖުލައި މަހުގެ ތެރޭގައެވެ.
އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު ހޮވިގެންމިދަނީ ހަ ބުރަށް ފަހުގައެވެ. އެގޮތުން ފަހު ބުރުގައ ވާދަކުރައްވަނީ ރިޝީ ސުންކަ އާއި ލިޒް ޓްރަސް އެވެ. އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރަކަށް އަންނަނީ އިނގިރޭސިވިލާތުގެ ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރެވެ. އެހެން ކަމުން އިންތިހާބު ބާއްވަމުން ދަނީ އެޕާޓީގެ ތެރޭގައެވެ.
މި ވޯޓު ކާމިޔާބުކުރުން އެންމެ ގާތީ ލިޒް ޓްރަސް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަމަނާއަކީ އެޤައުމުގެ ފޮރިން މިނިސްޓަރުވެސް މެއެވެ.
މި ވޯޓުގެ ނަތީޖާ އިއުލާންކުރުން އޮންނާނީ ރާއްޖެ ގަޑިން 16:30 (ޖީއެމްޓީ ގަޑިން 11:30) ގައެވެ.
ޓްރިސް މި އިންތިހާބު ކާމިޔާބު ކުރައްވައިފިނަމަ ޓްރިސް ވެގެންދާނީ ތެރީސާ މޭ އާއި މާގަރެޓް ތެޗަރގެ ފަހަތުން އިނގިރޭސިވިލާތުގެ ތިންވަނަ އަންހެން ބޮޑުވަޒީރެވެ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ 200،000 ޓޯރީ މެމްބަރުންގެ މެދުގައި ވޯޓުލުމުގައި އުމުރުން 42 އަހަރުގެ މިސްޓަރ ސުނަކް އަށް ވުރެ ކުރީގައި އުޅުއްވަނީ އުމުރުން 47 އަހަރުގެ ޓްރިސް އެވެ.
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އައްޔަންކުރުން ކުރިޔަށްދާނީ ވެސް ޝާހީ ގޮތެއްގައި އެވެ. އެގޮތުން އެކަމަށް ޚާއްސަ ޝެޑިއުލެއް ރާނީގެ ގަނޑުވަރުން މިހާރު ވަނީ ހަދާފައެވެ.
މިގޮތުން އަންގާރަ ދުވަހު ބޮރިސް ޖޯންސަން ޑައުންނިންގ ސްޓްރީޓްގައި ވަދާޢީ ތަޤްރީރެއް ދެއްވާނެއެވެ. އެއަށްފަހު، ރާނީ އެލިޒަބަތު 2 އަށް ރަސްމީގޮތުން ބޮރިސް އިސްތިޢުފާގެ ސިޓީ ދެއްވުމަށް ފަހު، އެކަމަނާގެ ފަހަތްޕުޅުގައި ހުންނަވާނެ ބޮޑުވަޒީރަކު ޢައްޔަން ކުރައްވާނީ، "ކިސް އޮފް ހޭންޑްސް" ގެ ނަމުގައި ބާއްވާ ރަސްމިއްޔާތެއްގައެވެ.
އުމުރުފުޅުން 96 އަހަރުގެ ރާނީގެ ވެރިކަމުގައި ފުރަތަމަ ފަހަރަށް ބޮޑުވަޒީރަކު އައްޔަނު ކުރެއްވުން ކުރިޔަށްދާނީ ލަންޑަންގެ ބަކިންހަމް ޕެލަސްގައި ހުންނަ އެކަމަނާގެ ސްކޮޓިޝް ރިޓްރީޓް ބެލްމޯރަލްގައެވެ. އެއީ ރާނީއަށް މޮބިލިޓީގެ މައްސަލަތަކެއް ކުރިމަތިވެ، އާންމުންގެ ގިނަ އެންގޭޖްމަންޓްތަކެއް ކެންސަލް ކުރަން މަޖުބޫރުވެފައި ވާތީ އެވެ.
މިފަހަރު ހޮވޭ ބޮޑުވަޒީރު ވެވަޑައިގަންނަވާނީ ރާނީ ރަސްކަމަށް އިސްވެވަޑައިގެންނެވި ފަހުން ހޮވޭ 15 ވަނަ ބޮޑުވަޒީރެވެ.








