.jpeg?w=2048&q=75)
capture-1
ހިޔާ މަޝްރޫއުގެ ދަށުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެޅި 15 ބުރީގެ ދެ ޓަވަރުގެ އެޕާޓްމަންޓްތައް އެ ކުންފުނީގެ މުވައްޒަފުންނާ ހަވާލުކޮށްފިއެވެ.
ހިޔާ ޕްރޮޖެކްޓުގެ ދަށުން އިމާރާތްކޮށްފައިވާ އެމްއޭސީއެލްގެ ދެ ޓަވަރުގައި 384 އެޕާޓްމަންޓް ވަނީ ހަދައިފައެވެ. އެއީ ދެ ކޮޓަރީގެ 240 އެޕާޓްމަންޓާއި އެއް ކޮޓަރީގެ 72 އެޕާޓްމަންޓެވެ. ހުރިހާ އެޕާޓްމަންޓެއް ވެސް ހަދާފައިވަނީ އެންމެ ޒަމާނީ ފެންވަރަށެވެ.
އެމްއޭސީއެލްއިން އިމާރާތްކޮށްފައިވާ ދެ ޓަވަރުގެ ދެމެދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފްލެޓް ލިބުނު މުވައްޒަފުންނަށް ރަމްޒީ ތަޅުދަނޑި ހަވާލުކޮށް ދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއެވެ.
އެމްއޭސީއެލް އިން އިން އަޅާފައިވާ 15 ބުރީގެ ދެ ޓަވަރުގެ މަސައްްކަތް ކޮށްފައިވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ.
އެމްއޭސީއެލް އިން އަޅާފައިވާ ދެ ޓަވަރުގައި އެއް ކޮޓަރީގެ އެޕާޓްމެންޓާއި، ތިން ކޮޓަރީގެ އެޕާޓްމެންޓް ހުންނާނެއެވެ. އޭގެ ސަބަބުން އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކަކަށް ބޯހިޔާވަހިކަން ޔަގީންވެގެންދާނެކަމަށް އެކުންފުނިން ބުނެއެވެ.

.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)



.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)








.jpeg?w=3840&q=75)