
ޔޫކޭގައި ދިރިއުޅުއްވާ މަޝްހޫރު ޒުވާން ޢިލްމުވެރިޔާ އައްޝައިޚް އަބޫ ތައިމިއްޔާގެ ޚާއްޞަ ދީނީ ޙަރަކާތްތަކެއް ކުރިއަށްގެންދިޔުމަށްޓަކައި މިމަހުގެ 19 ގައި ދިވެހިރާއްޖެއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން އިންތިންޒާމްކޮށްގެން ކުރިއަށް ގެންދާ "އެންލައިޓްން" ގެ ނަމުގައި ގެންދާ މި ޕްރޮގްރާމް 9 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. "އެންލައިޓްން" ޕްރޮގްރާމްގައި ޒުވާނުންގެ ހިތްތަކުގައި ޚާއްޞާ ގަދަރަކާއި ޝައުޤުވެރިކަމެއް ދެވިފައިވާ ޝެއިޚް އަބޫތައިމިއްޔާގެ ދީނީ އަދި ތަޢުލީމީ ޙަރަކާތްތަކެއްގައި ކުރިއަށްގެންދިޔުމަށްވަނީ އިންތިޒާމް ކުރެވިފައެވެ.
އޭގެތެރޭގައި ބޮޑަށް އަމާޒުކުރެވިފައިވަނީ ޒުވާނުންނާއި ފުރާވަރު ޢުމުރު ފުރައިގެ ފަރާތްތަކަށެވެ. މި ޚާއްޞަ ދަތުރުފުޅުގައި ޝެއިޚްގެ ޕްރޮގްރާމުތައް މާލޭ ސިޓީގެ އިތުރުން އައްޑު ސިޓީ އަދީ ފުވައްމަލަކު ސިޓީގައިވެސް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.
ޝެއިޚްގެ ދަތުރުގެ ޕްރޮގްރާމްތައް މާލޭއިން ފެށުމަށްފަހު، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ޕްރޮގްރާމްތައް ކުރިއަށްދާނެއެވެ. އެކި އެކި ބައްދަލުވުންތަކާއި ޒުވާނުންނަށް ޚާއްޞަ ޑިނަރ ނުވަތަ ކޮފީއާއި ޔުނިވަރސިޓީ ދަރިވަރުންނާއި ސްކޫލު ދަރިވަރުންނަށް ތަފާތު ޕޮރޮގްރާމްތައް ވެސް ވަނީ ރޭވިފައެވެ. އަދި އިސްލާމީ ކަންތައްކަތަކާއި އައުޤާފާ ބެހޭ ވުޒާރާއާ ގުޅިގެން ބާއްވާ ސެސަންތަކާއި ޢާންމު ދަރުސްއަކާއި، ހުކުރު ޚުޠުބާއަކާއެކު ޒުވާނުންގެ ކުޅިވަރު ހަރަކާތްތަކެއް ހިމެނެއެވެ.
މީގެ އިތުރުން، އަންހެނުންނަށް ޚާއްޞަ ސެޝަނަކާއި، ޓީވީ އަދި ޕޮޑްކާސްޓް ރެކޯޑިންގތަކާއި، ދިވެހި ޢިލްމުވެރިންނާއެކު ބާއްވާ ޚާއްޞަ ބައްދަލުވެއްވެސް ރޭވިފައިވެއެވެ.
23 އޮގަސްޓުގައި އައްޑޫ ސިޓީއަށް ބަދަލުވެ، އައްޑޫ ހައި ސްކޫލަށް ޒިޔާރަތްކުރެއްވުމާއި، ސްކޫލްތަކުގެ ވެރިންނާއި ދަރިވަރުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، ޢާންމު ދަރުސްއެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. 25 އޮގަސްޓުގައި ފުވައްމުލައް ސިޓީގައި ވެސް ސްކޫލް ސެޝަނަކާއި، ޒުވާނުންނާއެކު ބައްދަލުވުމަކާއި، ޢާންމު ދަރުހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ފުވައްމުލަކުގައި ފަތުރުވެރިކަމުގެ ތަޖުރިބާތަކާއި ފެތުމުގެ ހަރަކާތްތަކަށް ދުވަހެއް ޚާއްޞަ ކުރެވިފައިވެއެވެ.
ދަތުރުފުޅު ނިންމަވާލައްވާ ފުރުއްވަން ހަމަޖެހިފައި ވަނީ 27 އޮގަސްޓުގައެވެ.
މުޅި އެންލައިޓްން ޙަރަކާތުގައި އެކިއެކި މުއައްސަސާތުގެ ބައިވެރިވުމާއި އެހީތެރިކަން ލިބިފައިވެއެވެ. ޚާއްޞަކޮށް އިސްލާމީ ކަންތައްކަތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި، ތަޢުލިމީ ވުޒާރާއާއި އެމްއެންޔޫ އާއި އައިޔޫއެމް، އައްޑޫ އަދި ފުވައްމުލަކު ސިޓީ ކައުންސިލްތައް ފަދަ މުއައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދާކަން މަހަލްދީބް ފައުންޑޭޝަނުން ބުނެއެވެ.

.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)



.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)




