
macl
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މުވައްޒަފުންނަށް އަހަރީ ބޯނަސްގެ ގޮތުގައި 25000 ރުފިޔާ ދިނުމަށް ނިންމައިފި އެވެ.
އެމްއޭސީއެލް އިން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މިދިޔަ އަހަރު އެއްކޮށް ވަޒީފާގައި އުޅުނު ހުރިހާ މުވައްޒަފުންނަށް ބޯނަހުގެ ގޮތުގައި އެ އަދަދަށް ފައިސާ ލިބޭނެ ކަމަށެވެ.
މިދިޔަ އަހަރުގެ ހަމަސް ދުވަހަށް ވުރެ ގިނަ ދުވަހު ވަޒީފާ އަދާކުރި މުވައްޒަފުންނަށާއި، ހަ މަސްދުވަހު ވަޒީފާގައި އުޅުމަށް ފަހު، ކެނޑުނު މުވައްޒަފުންނަށް ވެސް މަސައްކަތް ކުރި ދުވަހުގެ މުއްދަތަށް ބަލައި، ބޯނަސް ދޭނެ އެވެ.
ނަމަވެސް އަހުލާގީ މައްސަލައެއްގައި ވަޒީފާއިން ވަކިކޮށްފައިވާ ނަމަ އެފަދަ މުވައްޒަފަކަށް ބޯނަސް ނުލިބޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)



.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)




