
ޔަހޫދީން މީގެ ކުރީން ޣައްޒާގެ ބަނދަރު ސަރަހައްދަށް ދިން ހަމަލާއެއްގައި ކެފޭއެއް ސުންނާފަތިވެފައި:-
ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ ބަނދަރު ސަރަހައްދުގައި ހުރި ކެފޭއަކަށް އަމާޒުކޮށް އިޒްރޭލުގެ އަސްކަރިއްޔާއިން ދިން ޑްރޯން ޙަމަލާއެއްގައި 5 މީހަކު ޝަހީދުކޮށްލައިފި އެވެ.
އަލްޖަޒީރާ ޢަރަބިކްގެ ރިޕޯޓުތައް ބުނާގޮތުން، މި ޙަމަލާގެ ނުރައްކާތެރިކަމާއި ބާރުގަދަކަމުން، އަނިޔާވި އަދި ޝަހީދުވި ބައެއް މީހުން ވަނީ ކަނޑަށް ވިއްސައިގެން ގޮސްފައެވެ.
އަދި މިހާރުވެސް އެ ސަރަހައްދުގައި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތްތައް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ.
މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ.
މި ޙަމަލާގައި ޒަޚަމްވި މީހުންގެ ތެރެއިން ހާލު ސީރިއަސް މީހުންނާއެކު ގިނަ އަދަދެއްގެ މީހުން ވަނީ ފަރުވާދިނުމަށްޓަކައި ޣައްޒާ ސިޓީގެ އަލް-ޝިފާ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މި ހަމަލާއާއެކު މުޅި ސަރަހައްދުގެ މަސްރަހު އިތުރަށް ގޯސްވެފައިވާއިރު، ފާއިތުވި މަސްތަކުގައި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އާންމު ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ދުވަހުން ދުވަހަށް ދަނީ ބޮޑުވަމުންނެވެ.




.jpeg?w=3840&q=75)




.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)



