%20(1).jpg?w=2048&q=75)
ހިމަބިހި
މާލެ ސަރަހައްދުން ފާއިތުވި ހަފްތާގައި ހިމަބިހި ޖެހިގެން އިތުރު 10 މީހަކު ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއާއެކު އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުން ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 226 އަށް އަރާފައެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މި ބަލިން ރައްކާތެރިވުމަށް ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޖުމްލަ 15,552 މީހަކަށް ވަނީ ވެކްސިން ދީފައެވެ.
އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނޫން ފަރާތްތަކުން ޚާއްސަ މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަކުރުމަށް އެ އެޖެންސީން ވަނީ އިރުޝާދުދީފައެވެ.
ހިމަބިހި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވެފައިވާ އަދި ވެކްސިން ފުރިހަމަނުވާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުމަށާއި، ހުން އައުމާއި ހަންގަނޑުގައި ރަތްކުލައިގެ ފިތްތަކެއް ނުވަތަ ބިހިތަކެއް ނުކުތުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.
މީގެއިތުރުން، ޝައްކުކުރެވޭ ހާލަތްތަކުގައި ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިކޮށް ތިބުމަށާއި، ސިއްހީ މަރުކަޒުތަކަށް ދާއިރު މާސްކު އެޅުމަށާއި، މީހުން ގިނަ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށްވެސް ވަނީ އިރުޝާދުދީފައެވެ.
ސިއްހީ ކަންކަމުގައި އަބަދުވެސް ރަސްމީ ފަރާތްތަކުގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.




.jpeg?w=3840&q=75)




.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)

