.jpeg?w=3840&q=75)
އޮއިވަރު
ކުންފުނީގެ އެކައުންޓްތައް ހުސްވެ، ބޮޑު ދަރަންޏެއް ބޯމަތިވެފައިވާ ޚަބަރުން ރާއިދުގެ ބޮލަށް އެނބުރުން އެރިއެވެ. ކައިލް ހައްޔަރުކުރެވުނު ނަމަވެސް، އޭނާ އެވަނީ "އަލްފާ ގްރޫޕް" ގެ ދުވަސް ދުއްވާލާފައެވެ. ދެދުވަސް ތެރޭގައި އެތައް މިލިއަން ރުފިޔާއެއްގެ ދަރަނި ނުދައްކައިފިނަމަ، ކާފަގެ މުޅި އުމުރުގެ މަސައްކަތް ބަނގުރޫޓުވެ، ބޭންކަށް ދައުލަތަށް ހުރިހާ މުދަލެއް ހިފެހެއްޓޭނެއެވެ.
ރާއިދު މާޔޫސްވެފައި ހުއްޓާ، އޭނާގެ ފޯނަށް މަންމަ ޝިޔާމާ ގުޅިއެވެ. ރާއިދު ހުރިހާ ވާހަކައެއް މަންމައަށް ކިޔައިދިނެވެ. ޝިޔާމާ ވަގުތުން ގެއަށް އައުމަށް ރާއިދު ގާތު ބުންޏެވެ.
ރާއިދު ގެއަށް ދިޔައިރު، ޝިޔާމާ އިނީ ސިޓިންގް ރޫމްގައެވެ. އޭނާގެ ކުރިމަތީގައި އޮތީ މާސިންގާ ބޮޑު، ބަރު، ދަގަނޑު ތިޖޫރީއެކެވެ. އެއީ ޤާސިމް ޝިޔާމާއާ ހަވާލުކޮށްފައިވާ، ގޭގެ އެންމެ ސިއްރު ރައްކާއެވެ.
"ދަރިފުޅާ،" ޝިޔާމާ ފުން ނޭވާއެއްލިއެވެ. "ކައިލް ހީކުރީ ބައްޕަގެ ހުރިހާ މުދަލަކާއި ބާރެއް އޮތީ ހަމައެކަނި ކުންފުނީގެ ބޭންކް އެކައުންޓްތަކުގައި ކަމަށް. އޭނާއަށް ނޭނގޭ ކަމަކީ، ބައްޕަ އަބަދުވެސް ކައިލްގެ ދަހިވެތިކަމަށް ފާރަވެރިވިކަން. ބައްޕަ ބަލިވުމުގެ ކުރިން އަހަންނާ ވަނީ ބޮޑު ސިއްރެއް ހަވާލުކޮށްފައި."
ޝިޔާމާ އޭނާގެ ކަރުގައި އޮތް ފަށުން ކުޑަ ރަން ތަޅުދަނޑިއެއް ނެގިއެވެ. އަދި އެ ތިޖޫރީ ހުޅުވާލިއެވެ. އޭގެ ތެރެއިން ފެނުނު މަންޒަރުން ރާއިދުގެ ލޯ ބޮޑުވިއެވެ.
އޭގެ ތެރޭގައި ހުރީ ހަމައެކަނި ފައިސާއެއް ނޫނެވެ. އޭގެ ތެރޭގައި ހުރީ ރާއްޖޭގެ އެންމެ އަގުބޮޑު ބައެއް ބިންތަކުގެ އަސްލު ރަޖިސްޓްރީތަކާއި، ރާއްޖެއިން ބޭރުގެ ރަނގަޅު ބޭންކެއްގައި ރައްކާކުރެވިފައިވާ ރަނުގެ ބޮންޑުތަކެކެވެ. މިއީ "އަލްފާ ގްރޫޕް" ގެ ރަސްމީ ހިސާބުތަކުގައި ނުހިމެނޭ، ކާފަގެ އަމިއްލަ ނަމުގައި ރައްކާކޮށްފައި ހުރި ސިއްރު މުދަލެވެ.
"މިއީ ބައްޕަ އަހަންނަށް ދީފައިވާ އަމިއްލަ ހަދިޔާއެއް،" ޝިޔާމާ ބުންޏެވެ. "ބައްޕަ ބުނި ކުންފުންޏަށް ބޮޑު މުސީބާތެއް ޖެހޭ ދުވަހަކުން ނޫނީ މީގެ ބޭނުން ނުކުރާށޭ. މިއަދު އަހަރެން މި ހުރިހާ މުދަލެއް ކުންފުނީގެ ނަމަށް ބަދަލުކުރާނަން. ކުންފުނީގެ ދަރަނި ދައްކައި، ކައިލްގެ ދަށުން ކުންފުނި ސަލާމަތްކުރަން ދަރިފުޅަށް މި ހުރިހާ އެއްޗެއް އަހަރެން ހަވާލުކުރަން."
ރާއިދުގެ ލޮލުން ކަރުނަ ހިލުނެވެ. މަންމަގެ މި ހައިރާންކުރުވަނިވި ނިންމުމުން "އަލްފާ ގްރޫޕް" ބަނގުރޫޓުވުމުން ސަލާމަތްވާނެ މަގު ފަހިވިއެވެ.
ނަމަވެސް، ރާއިދު އެ ލިޔުންތައް ބަލަމުންދަނިކޮށް، އެންމެ އަޑީގައި އޮތް ކުޑަ ސިޓީއުރައެއް ފެނުނެވެ. އޭގެ ބޭރުގައި ލިޔެފައިވަނީ: "ޝިޔާމާއަށް – ކައިލްގެ ހަގީގަތް".
ރާއިދު އެ ސިޓީއުރަ ހުޅުވައި، އޭގެ އެތެރޭގައި އޮތް ލިޔުން ކިޔަން ފެށިއެވެ. އެ ލިޔުން ކިޔަމުންދިޔަ ވަރަކަށް ރާއިދުގެ މޫނުގެ ކުލަވަރު ބަދަލުވެ، ހައިރާންކަމުން މުޅި މީހާ ގަނޑުވިއެވެ. އެއީ ކުންފުނީގެ ފައިސާއަށްވުރެ މާ ބޮޑު، މާ ނުރައްކާތެރި އާއިލީ ސިއްރެކެވެ.
"މަންމާ..." ރާއިދުގެ އަޑު ތުރުތުރުލައިގަތެވެ. "މިއީ... މިއީ ތެދެއްތަ؟"
މި ވާހަކައިގެ ފަހު ބައި ގެނެސްދޭނީ އަންނަ ހުކުރު ދުވަހު އެވެ.




.jpeg?w=3840&q=75)




.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)

