
-
ބ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ބަޔޯސްފިއާ ސަރަހައްދު، ހަނިފަރު ބެއަށް އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް ފީނުއްވައި އެ ސަރަހައްދުގެ ހާލަތު ބައްލަވައިލައްވައިފިއެވެ.
މިނިސްޓަރު ހަނިފަރު ބެއަށް ފީނުއްވާފައިވަނީ ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރުފުޅުގެ ތެރެއިން ހަނިފަރު ބެއަށް ވަޑައިގެން މިނިސްޓަރު ވަނީ އެ ސަރަހައްދުގައި މަސައްކަތް ކުރައްވާ ރޭންޖަރުންނާ ބައްދަލުކުރައްވައި، އެ ސަރަހައްދު ހިމާޔަތްކުރުމަށް އެ ބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ.
ހަނިފަރު ބޭ ސަރަހައްދަކީ ވޭލް ޝާކާއި އަދި މަންތާ ރޭޒް ގިނަ އަދަދަކަށް ފެންނަ ސަރަހައްދަކަށްވާތީ، މިއީ ފަތުރުވެރިންގެ މެދުގައިވެސް ނުހަނު މަގުބޫލު ސަރަހައްދެކެވެ.
ހަނިފަރު ބޭ ސަރަހައްދު މިހާރު ބަލަހައްޓަމުން ދަނީ ބ. އޭދަފުށީގައި ހުންނަ ޔުނެސްކޯ ބާ އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހުންނެވެ.
ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ހިންގަމުންދާ މި އޮފީހުގެ މައިގަނޑު މަސައްކަތަކީ ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުން އަދި ތައުލީމާއި ދިރާސާކުރުން ހިމެނޭހެން ލޮޖިސްޓިކް ސަޕޯޓް ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރުމެވެ.




.jpeg?w=3840&q=75)




.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)

