







Majilis
ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށަހަޅައިފިއެވެ.
އެޓާނީ ޖެނެރަލް އޮފީހުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ ޓޫރިޒަމާބެހޭ ޤާނޫނަށާއި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހްތައް މިހާރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
ޓޫރިޒަމާބެހޭ ޤާނޫނަށާއި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށާއި ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ތިން ބިލެއް ވަނީ ފޮނުވާފައި
— AG Office Maldives (@AGOmv) August 28, 2022
ސަރުކާރުން ހުށަހަޅާފައި ވަނީ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރުމަށެވެ. މިފަދަ ބަދަލެއް ގެންނަން ސަރުކާރުން ނިންމާފައިވާއިރު، ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން އެންމެ ރަނގަޅީ 2024 ވަނަ އަހަރު ކަމަށާއި އެ އަހަރު ވެސް ޓެކްސް ބޮޑުކުރަން ވާނީ މިހާރު ކުރިމަތިވެފައިވާ އިންފްލޭޝަންގެ ހާލަތު ހަމައަކަށް އެޅުމުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފައި ވަނިކޮށެވެ.
އަންނަ އަހަރު ޓެކްސް ބޮޑުކޮށްފި ނަމަ ޓޫރިޒަމް ދާއިރާ އަށް 10 ޕަސެންޓްގެ ދަށްވުމެއް އަންނާނެ ކަމަށް މަޓާޓޯއިން ވެސް ވަނީ ބުނެފައެވެ.




.jpg?w=3840&q=75)

