



.jpeg?w=3840&q=75)




މޫސުން
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ށ.އަތޮޅުން އދ.އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.
މެޓުން ބުނީ ޔެލޯ އެލާޓް ނެރިފައިވަނީ މިއަދު 14:00 އިން އިރުއޮއްސި 18:00 އަށް ކަމަށެވެ.
މި ހިސާބުތަކަށް މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ބުންޏެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް މެޓުން ލަފާކޮށްފައިވެ އެވެ. އަދި މިހާރު ކުރާ ވިއްސާރާގައި ކަނޑުތައް ގަދަވާނެތީ އެކަމަށް ސަމާލުވާން މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.




.jpeg?w=3840&q=75)