




.jpeg?w=3840&q=75)



މާޒިޔާ އާއި އެމްއެސް މޭޓްސް ވާދަކުރި މެޗުގެ ތެރެއިން...ފޮޓޯ: ގާފު ސްޕޯޓްސް
އެފްއޭއެމް ވިމެންސް ލީގު 2026 ގެ ކުޅުނު މިއަދު ހަވީރު ފެށިއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި އެމްއެސް މޭޓްސް އާއި ވާދަކޮށް ފަސޭހަކަމާއެކު 8-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ހެންވޭރު ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މާޒިޔާ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގައި އެޓީމުން ހަތަރު ލަނޑުގެ ލީޑެއް ހޯދިއިރު، ދެވަނަ ހާފުގައި މާޒިޔާ އިން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި މާޒިޔާގެ ރުޝާނިޔާ ސަފީނާ ހަތަރު ލަނޑު ކާމިޔާބުކުރިއިރު، ފަދުވާ ޒާހިރު އަދި ޝަހުލާ ތައުފީ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި މެޗު މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިމެޗުގައި ހަތަރު ލަނޑު ކާމިޔާބުކުރި މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ ސަފީނާއެވެ.
15 ނޮވެމްބަރު 2026 އިން 03 ޑިސެންބަރު 2026ގެ ނިޔަލަށް ކުރިއަށްދާ އެފްއޭއެމް ވިމެންސް ލީގުގައި މިއަހަރު ޖުމްލަ ހަތަރު ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެމެޗު ކުޅޭ ގޮތަށެވެ. އަދި ޗެމްޕިއަންކަން ލިބެނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓިމަކަށެވެ.
މުބާރާތުގައި މިރޭ 20:00 ގައި ކުޅޭ މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ނުކުންނާނީ ދަ ގްރާންޑޭ އާއި ދެކޮޅަށެވެ.








