
breaking ބްރޭކިންގް
ލޭންޑިންގ ކްރާފްޓަކަށް ރުށްތަކެއް އެރުވުމުގެ މަސައްކަތް ކުރަމުންދިޔަ މީހަކު ދެރުށް ދޭތެރޭ ފިތިގެން މަރުވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ، ނ. ލަންދޫގައި ލޭންޑިންގ ކްރާފްޓަކަށް ރުށްތަކެއް އެރުވުމުގެ މަސައްކަތް ކުރަމުންދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައެވެ.
މިކަމާއި ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އެރަށުގައި ލޭންޑިންގ ކްރާފްޓަކަށް ރުށްތަކެއް އެރުވުމުގެ މަސައްކަތް ކުރަމުންދިޔަ 53 އަހަރުގެ ބަންގްލަދޭޝް މީހަކު ދެ ރުށް ދޭތެރޭ ފިތިފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 16:15 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަދި އެމީހާ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާއި ހަވާލާދީ ފުލުހުން މައުލޫމާތު ދެއްވިއެވެ.
އަދި މި ހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.












.jpeg?w=3840&q=75)