
-
ބ. ކިހާދޫގެ ކަރަންޓުގެ ހިދުމަތާ ދާދިފަހުން ސްޓެލްކޯ ހަވާލުވެފައިވާއިރު، އެ ރަށުގައި ހިދުމަތް ދެމުންދިޔަ 3 ޖަނަރޭޓަރުގެ ތެރެއިން 250 ކިލޯވޮޓްގެ ޖަނަރޭޓަރަކަށް ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން ހިދުމަތުގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅައިފިއެވެ.
މިގޮތުން، 24 ގަޑިއިރުގެ ތެރޭގައި 400 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް ކިހާދޫއަށް ގެންގޮސްފައިވާއިރު، މިހާރު ދަނީ އެ ޖަނަރޭޓަރު ކޮމިޝަން ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މި ޖަނަރޭޓަރު ކޮމިޝަންކޮށް ބޭނުންކުރަން ފެށުމާއެކު، ކިހާދޫގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމވެ، އިތުބާރު ބޮޑުވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސަރުކާރުގެ ބައެއް ކުންފުނިތައް ކޮޅަށްޖަހައި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ފަށާފައިވާ އިޞްލާޙީ ފިޔަވަޅުތަކުގެ ދަށުން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބ. އަތޮޅުގެ ރަށްތަކުގައި ދެމުންދިޔަ ޔޫޓިލިޓީ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.

.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)



.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)








