
FbuiiWxakAAl6wA
މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ގާފަރު ފަރަށް އަރައި އަޑިއަށްދިޔަ ލަންދޫ ބޯޓު މިއަދު ފުން ކޮށްފި އެވެ.
ބޯޓު ފުންކުރުމުގައި ލަންދޫގެ ގިނަ އަދަދެއްގެ ބަޔަކުވަނީ އެސަރަހައްދަށް ގޮސް ގާފަރު ރައްޔިތުންނާއި އެކު މަސައްކަތްކޮށް ބޯޓު ފުންކޮށްފަ އެވެ. އެ ބޯޓު ފުންކޮށްފައި މިވަނީ 3 ދުވަހުގެ މަސައްކަތުންނެވެ. މިހާރު އެ ބޯޓު ގާފަރު ފަޅަށް ވެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެމްއެންޑީއެފް އިން ބުނީ، އޮގަސްޓް މަހުގެ 31 ވަނަ ދުވަހު މާލެއިން ފުރައިގެން ނ. ލަންދޫއަށް ދަތުރު ކުރަމުންދަނިކޮށް ދިޔަވެ، ކ.ގާފަރު ފަރަށް އެރި "ލަންދޫ ބޯޓު" މިއަދު 12:22 ހާއިރު ފުންކޮށްފައިވާ ކަމަށެވެ. މި ބޯޓު ފުންކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑު ޑައިވަރުންވެސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
އަޑިއަށް ދިޔަ ބޯޓުގައި ތިބި މީހުން ގާފަރަށް ގެންދިޔައީ އެ ރަށު ބަޔަކު ހާދިސާ ހިނގި ސަރަހައްދަށް ގޮސްގެންނެވެ. ހާދިސާ ހިނގިއިރު އެ ބޯޓުގައި 40 ވަރަަކަށް މީހުން ތިބިއިރު، ގާފަރުގެ ރައްޔިތުންގެ އެއްބާރުލުމާއެކު އެރަށުގައި އެމީހުންނަށް ހުރެވޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.

.jpeg?w=3840&q=75)




.jpeg?w=3840&q=75)



-1786972426717.jpeg?w=3840&q=75)

