
Screenshot 2022-03-21 at 12.15.03
އެކި މައްސަލަތަކާއި ގުޅިގެން ރާއްޖޭގައި އުޅޭ 45 ބިދޭސީ އަކު ހޯދަން އިމިގްރޭޝަނުން އިއުލާންކޮށްފި އެވެ.
ފޮޓޯ އާއި ވަނަވަރު ހާމަކޮށް ހޯދަން އިއުލާންކުރި ބިދޭސީންގެ ތެރޭގައި އެކި ގައުމުތަކަށް ނިސްބަތްވާ ދެ ޖިންސްގެ މީހުން ހިމެނެ އެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް، އިންޑިއާ، ތައިލޭންޑް، ފިލިޕީންސް، އިތިއޯޕިއާ، އިނގިރޭސިވިލާތް، ނައިޖީރިއާ އަދި އިޓަލީ ހިމެނެ އެވެ.
ހޯދަން އިއުލާން ކުރި މީހުންގެ ތެރޭގައި ހިމެނެނީ 37 ފިރިހެނަކާއި 8 އަންހެނުންނެވެ.
އިމިގްރޭޝަނުން އެ މީހުން ހޯދަން އިއުލާނުކޮށް ބުނީ އެފަރާތްތަކަކީ އިމިގްރޭޝަންގެ އެކި މައްސަލަތަކާއި ގުޅިގެން ހޯދަމުން އަންނަ މީހުން ކަމަށާއި އެފަރާތްތަކުން 7 ދުވަހުގެ ތެރޭގައި އިމިގްރޭޝަނަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ.












