







16 އަހަރުގެ އަންހެއް ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 2026 ސެޕްޓެމްބަރު 4 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ސެޕްޓެމްބަރު 4 ވަނަ ދުވަހު 42 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންދާ ކަމަށް ބުނެއެވެ.
އެހެންނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބިދޭސީއެއްކަމެއް ހާމައެއް ނުކުރެއެވެ.



