








ވިމެންސް ޑަބަލްސް ޗެމްޕިއަންކަން ހާޖަރު އަދި މަންޝާ.. ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ 35 ވަނަ ގައުމީ ކެރަމް މުބާރާތުގެ ވިމެންސް ޑަބަލްސް ޗެމްޕިއަންކަން ހާޖަރު ބިންތު މުހައްމަދު ތައުފީގު އަލީ އާއި އައިޝަތު މަންޝާ ޝަމީމްގެ ޕެއާ އިން ހޯދައިފިއެވެ.
ފައިނަލުގައި ފާތިމަތު ސާނީ އާއި އާމިނަތު އިބާނަތުގެ ޕެއާ އާއި ވާދަކޮށް ހާޖަރު ބިންތު މުހައްމަދު ތައުފީގު އަލީ އާއި އައިޝަތު މަންޝާ ޝަމީމްގެ ޕެއާ އިން މެޗު ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ހުޅުމާލޭ ކެރަމް ހޯލުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 15/19 ގެ ނަތީޖާއަކުން ހާޖަރު އާއި މަންޝާގެ ޕެއާ އިން ކާމިޔާބުކުރިއިރު، މެޗުގެ ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 23/08 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މީގެ އިތުރުން މުބާރާތުގެ ވިމެންސް ޑަބަލްސް އިވެންޓުން ތިންވަނަ ހޯދީ އަނޫމް އަހުމަދު ވަސީމް އާއި އައިޝަތު ޝަރާގެ ޕެއާ އިންނެވެ. މުބާރާތުގެ ތިންވަނަ ހޮވަން ކުޅުނު މެޗުގައި ޒުލައިޚާ ލީން ހުސައިން އާއި އައިޝަތު މައިލާހު އާދަމް ޒާހިރުގެ ޕެއާ އާއި ވާދަކޮށް އަނޫމް އަހުމަދު ވަސީމް އާއި އައިޝަތު ޝަރާގެ ޕެއާ އިން މެޗު ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 20/19 އަދި 25/19 ގެ ނަތީޖާއަކުންނެވެ.03 އޮކްޓޯބަރު 2026 އިން 07 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދިޔަ 35 ވަނަ ގައުމީ ކެރަމް މުބާރާތުގެ ދެވަނަ ޑިވިޝަންގެ ވިމެންސް ޑަބަލްސް އިވެންޓްގައި މިއަހަރު ޖުމްލަ 10 ޕެއާ އަކުން ވަނީ ވާދަކޮށްފައެވެ.








