








328609_3_8dda754b89c095d017e7d48378f531ef566a0e4b_large
ޕާސްޕޯޓް ހިފެހެއްޓި ހިފެހެއްޓުމަކީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ސިޔާސީ ޖަރީމާއެއް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ދުވަސްތަކެއް ވަން ދެން އެމްޑީއޭގެ އެތެރޭގައި މާ ބޮޑު ހަރަކާތެއް ނުބާއްވައި މިއަދު އެ ޕާޓީން ބޭއްވި ބައްދަލުވުމުގަައި ސިޔާމް ވިދާޅުވީ، ޕާޓީގެ ގާނޫނީ ވަކީލުންނާއި މަޝްވަރާ ކުރިއިރު، އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ގާނޫނާއި ޚިލާފަށް ކަން ވަކީލުން ބުނެފައިވާ ކަމަށެވެ.
ސިޔާމް ވިދާޅުވީ ޖުޑިޝަރީގެ ނާއިންސާފުގެ ވާހަކަ އޭނާ ދައްކަވަން ޖެހުނީ ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވައިގެން ސިޔާސީ ނުފޫޒު ފޯރުވާތީ ކަމަށް ވިދާޅުވިއެވެ.
ސިޔާމް އިތުރަށް ވިދާޅުވީ، ކޯޓުތަކުގެ ފަނޑިޔާރުންނަށް މާ ބޮޑު ބާރެއް ނޯންނަ ކަމަށާއި، ފަނޑިޔާރުން ހުކުމް ކުރަންވާ ގޮތް އަންގަވަނީ ޖޭއެސްސީގައި ތިއްބަވާ ސިޔާސީ ބޭފުޅުން ކަމަށެވެ. އަދި އެ ކޮމިޝަންގައި އިންނަވާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.








