



%20(3).jpeg?w=3840&q=75)



-
އާދަކާދައިގެ ފެސްޓިވް ޗުއްޓީތަކާ މުޅިން ތަފާތު ތަޖުރިބާއަކާއެކު، ސަން ސިޔާމް ލައިފްސްޓައިލް ކަލެކްޝަންގެ ބައެއް ކަމަށްވާ ސަން ސިޔާމް އޮޅުވެލި ރިސޯޓުން އެ ރިސޯޓުގެ މަޝްހޫރު "ކާނިވަލް އޮފް ދަ އައިލްސް" 21 ޑިސެމްބަރު 2026 އިން 8 ޖެނުއަރީ 2027 ގެ ނިޔަލަށް ބޭއްވުމަށް އިޢުލާނުކޮށްފިއެވެ.
ގުޅިފައިވާ ތިން ރަށެއްގައި އެއްފަހަރާ ކުރިއަށްގެންދާ މި ބިޔަ ޙަރަކާތަކީ ދުނިޔޭގެ ފެންވަރުގެ މުނިފޫހިފިލުވުމުގެ އައިޓަމްތަކާއި، ރަށްފުށުގެ ސަގާފަތާއި ތަފާތު ގިނަ ތަޖުރިބާތައް އެއް ފުރާޅެއްގެ ދަށުން ގެނެސްދޭނެ ކާނިވަލެކެވެ. މިއަހަރުގެ ޙަރަކާތުގެ އެންމެ އިސް ތަރިއެއްގެ ގޮތުގައި ފެނިގެންދާނީ ބީބީސީ ރޭޑިއޯ 1 އަދި ރޭޑިއޯ 1އެކްސްޓްރާގެ މަޝްހޫރު ޕްރެޒެންޓަރު އަދި ޑީޖޭ ޖެރެމާޔާ އަސިއާމާއެވެ. މީގެއިތުރުން، އިނގިރޭސިވިލާތުގެ ޕްލެޓިނަމް ރެކޯޑް ހާސިލުކޮށްފައިވާ މަޝްހޫރު ރެޕަރ އަދި ޑީޖޭ އަޔަރޮނިކް، ކެނެޑާގެ މަޝްހޫރު ބެލީ ޑާންސަރު ނޫރާ، އަދި އެމެރިކާގެ ލޮސް އެންޖެލިސްއަށް ނިސްބަތްވާ ތިއޭޓްރިކަލް ގްރޫޕް "ވައިލްޑްފަޔަރ އާޓްސް" ގެ ހިތްގައިމު ޕާފޯމަންސްތައް މި ކާނިވަލުގައި ފެނިގެންދާނެއެވެ.
މި ކާނިވަލުގެ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ:
ސަން ސިޔާމް އޮޅުވެލިން ބުނި ގޮތުގައި، މި ކާނިވަލަކީ ފަތުރުވެރިންނަށް މިއުޒިކާއި، ސަގާފަތާއި، ކާބޯތަކެތީގެ އިތުރުން ރާއްޖޭގެ ގުދުރަތީ ރީތިކަން އެންމެ ފުރިހަމައަށް އިހުސާސްކޮށްދިނުމަށް ފަރުމާކުރެވިފައިވާ ޚާއްޞަ ހަރަކާތެކެވެ. މި ފެސްޓިވް ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތާއި ޚާއްޞަ އޮފަރތައް ސަން ސިޔާމް އޮޅުވެލީގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެއެވެ.




%20(3).jpeg?w=3840&q=75)



