






%20(3).jpeg?w=3840&q=75)

big_G8dTL3bbeR9emSpcGZnjyLKOU
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން 'ދަންޖައްސަންޖެހޭ' ކަމަށް، މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް ބުނާ އޯޑިއޯއެއް ލީކުވެފައިވާއިރު، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފުލުހުންނަށް ހުށަހަޅައިފި އެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ، ސިޔާމްގެ މައްސަލަ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ހިސާން ގެންނަވާފައިވާ ކަމަށާއި، އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައި ދިނުމަށް އެދި، ފުލުހުންގެ އިތުރުން ޑިފެންސް މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.
އާދީއްތަ ދުވަހު ސިޔާމް ބައިވެރިވެވަޑައިގެންނެވި ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީގެ ބައްދަލުވުމަށްފަހު އެ ކޮމިޓީއިން ނުކުންނަވައި ބޭރުގައި ތިއްބެވި މެންބަރުންނާ ވާހަކަ ދައްކަވަމުން ސިޔާމް ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މަސައްކަތަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ހިސާން "ދަންޖައްސަން" ޖެހޭ ކަމަށް ސިޔާމް ވިދާޅުވާ އަޑު ހިމެނޭ އޯޑިއޯ ކްލިޕެއް ރާއްޖޭގެ އޮންލައިން ނޫހަކުން ވަނީ އާންމު ވެސް ކޮށްފައެވެ.
މިކަމާއި ގުޅިގެން ސިޔާމް ވިދާޅުވީ ހިސާންއާ ދެމެދު ކުރި ޒުވާބުގެ ތެރެއިން އެކަހަލަ އެއްޗެއް ވިދާޅުވެފައި އޮވެ ދާނެ ކަމަށާއި، ނަމަވެސް މާނަ ކުރީ އެގޮތަށް ނޫން ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމަށް ސިޔާމް ހާޒިރުވެވަޑައިގަތުމުން އެމްޑީޕީގެ މެންބަރުން ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.








