






%20(3).jpeg?w=3840&q=75)

big_EGyQn5hAhvDUyp9X47CY9eJ2y
ސަން ކުންފުނީގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
މެންބަރު ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓާފައި މިވަނީ ނ.އަތޮޅުގައި ހިންގަމުން އަންނަ އިރުފުށި، ހިލްޓަން އިންޓަނޭޝަނަލް އާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލައިގައި ސަން ޓްރެވެލް އިން ހިލްޓަންއަށް ދައްކަން ޖެހޭ 28 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދެއްކި މައްސަލައިގައެވެ.
ސިޔާމްގެ މައްޗަށް އުފުލާފައިވާ މި މައްސަލާގައި ސަން ޓްރެވަލްސް ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރަންވެސް ސިވިލް ކޯޓުން ކުރިން ޢަމުރެއް ނެރެފައިވެއެވެ.
އިރުފުށި ރިސޯޓް ހިންގަން ހިލްޓަންއާ އެކު ހެދި އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކޮށްފައިވަނީ 2013ވަނަ އަހަރުގައެވެ.








