

%20(3).jpeg?w=3840&q=75)




%20(3).jpeg?w=1920&q=75)
-
ޤަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލްޘާނީ، ބުރާސްފަތި ދުވަހު އީރާނުގެ ތެހެރާނަށް ވަޑައިގަންނަވާނެ ކަމަށް އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފި އެވެ.
ޤަތަރުގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި އީރާނުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ސަރަޙައްދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށާއި ސުލްހައިގެ މަޝްވަރާކުރައްވާނެ ކަމަށް ޤަތަރުގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
ޤަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ދަތުރުފުޅަކީ ސަރަހައްދުގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށާއި ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށްޤަތަރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ދަށުން ޑިޕްލޮމެޓިލް އުސޫލުން މަޝްވަރާތައް ބޭއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މީގެ އިތުރުން ހޮރްމޫޒް ކަނޑުއޮޅިގައި ކަނޑުއޮޅި ދަތުރު ކުރުމުގެ މިނިވަންކަމާއި، ފެބްރުއަރީ 28 ގެ ކުރިން އޮތް ގޮތަށް ކަންކަން ބަދަލުކުރަން ޖެހޭ ގޮތާ ބެހޭ ގޮތުން ވެސް މި ބައްދަލުވުންތަކުގައި މަޝްވަރާ ކުރައްވާނެ ކަމަށް ޤަތަރުގެ ޚާރިޖިއްޔާއިން ހާމަކޮށްފައިވެއެވެ.


%20(3).jpeg?w=3840&q=75)
