
%20(1).jpeg?w=3840&q=75)

.jpeg?w=3840&q=75)


%20(1).jpeg?w=3840&q=75)

Majilis
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން ތިން މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ފޮނުއްވައިފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ފިޔާޒު މޫސާ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ނޫސްވެރިޔާ ފިޔާޒު އެ މަގާމުން އިސްތިއުފާ ދެއްވީ "އަދަދު" ނަމުގައި އާ ނޫހެއް އުފައްދަވައި އެ ނޫސް ހިންގެވުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީންއާންމު ފާތުމަތު ނިއުޝާ ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް ރައީސް ސޯލިހް އައްޔަން ކުރައްވަން ފެނިވަޑައިގަންނަވާ ތިން ބޭފުޅެއްގެ ނަން އިއްވަވައިފައެވެ.
ޝިޙާމް މުޙައްމަދު ވަޙީދު، ދަފްތަރު ނަންބަރު 463
އަޙްމަދު އާހިދު ރަޝީދު، ހ. ގުރުވަ
މަރިޔަމް ޢަލީމް، ގ. ދަސްތާން
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އުފެދިގެން އައީ 2014 ގައި ފާސްކުރެވުނު މައުލޫމާތު ލިބިގަތުމާއި ހޯދުމުގެ ގާނޫނުގެ ދަށުންނެވެ. މި ގޮތުން އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އަދާ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ކުރީގެ މެންބަރު ޢަބްދުލް ޢަޒީޒް ޖަމާލް އަބޫ ބަކުރެވެ. މިއީ މައުލޫމާތު ހޯދުމުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރުމުގެ މަގްސަދުގައި އުފެއްދި ކޮމިޝަނެކެވެ

%20(1).jpeg?w=3840&q=75)

.jpeg?w=3840&q=75)



