%20(1).jpeg?w=2048&q=75)
ސްވިޑްންގެ ސޯޝަލް ޑިމޮކްރެޓްސް ޕާޓީގެ ލީޑަރު މެގްޑަލީނާ އެންޑަރސަން
ސްވިޑްންގެ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް، މެގްޑަލީނާ އެންޑަރސަންއަށް ތާއީދު ހޯދުމަށް ދުނިޔޭގެ މަޝްހޫރު ޕޮޕް ބޭންޑް 'އައްބާ' ގެ ކޮމްޕޯޒަރ، އެ ބޭންޑުގެ އެންމެ ހިޓް އެއް ލަވަ ކަމަށްވާ "މާމާ މިއާ" އަށް ބަދަލުގެނެސް ކެމްޕެއިން ލަވައަކަށް ހަދައިފިއެވެ.
އާދީއްތަ ދުވަހު ސްޓޮކްހޯމްގައި ހުންނަ ސޯޝަލް ޑިމޮކްރެޓްސް ޕާޓީގެ މައި އޮފީހުގައި، ވޯޓުލުން ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، އުމުރުން 79 އަހަރުގެ ބެނީ އެންޑަރސަން ވަނީ ޕިއާނޯއިން މި ލަވަ ކުޅެފައެވެ.
އެތަނަށް އެއްވެ ތިބި ސަޕޯޓަރުން ވަނީ ލަވައިގެ ރާގާ އެއްގޮތަށް، "މާމާ މިއާ" ގެ ބަދަލުގައި "މެގް-ޑަ-ލީ-ނާ!" އަށް ބަދަލުކޮށްގެން، ލަވަކިޔާފައެވެ.
ސަޕޯޓަރުންގެ މި ލަވަކިޔުމުގެ އަޑު އިވިފައި، ސޯޝަލް ޑިމޮކްރެޓްސްގެ ލީޑަރު މެގްޑަލީނާ އެންޑަރސަން ފެންނަމުން ދިޔައީ ވަރަށް ބޮޑަށް ހިނިތުންވެވަޑައިގެންފަ ހުންނެވިތަނެވެ.
ސްވިޑްންގެ މި އިންތިޚާބަކީ ވަރަށް ވާދަވެރި އިންތިޚާބެކެވެ.


%20(1).jpeg?w=3840&q=75)



%20(1).jpeg?w=3840&q=75)

.jpeg?w=3840&q=75)

