

%20(1).jpeg?w=3840&q=75)

.jpeg?w=3840&q=75)



ސިޔާސީ ފިކުރު ތަފާތުވިޔަސް ތަރައްޤީއަށް ސަރުކާރުން ކުރާ މަަސައްކަތަށް ހުރަސް ނޭޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިހެން އެދިވަޑައިގަތީ ޕީއެންސީގެ މަތީ މަޖިލީސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ޤައުމީ ތަރައްޤީގެ މަސައްކަތުގައި ހުރިހާ ސިޔާސީ ޕާޓީއަކުންވެސް އަތްލެވޭ ތަރައްޤީއެއް ގެނައުމަށް އިސްކަންދޭކަމަށެވެ. އެހެންނަމަވެސް މިހާ ހިސާބަށް މިގޮތުގައި ކަންކަން ކުރަމުން އައިއިރު، ޤައުމުގެ އިޖްތިމާޢީ ފޭރާމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ވިދާޅުވިއެވެ.
އެހެންކަމުން މަސައްކަތް ކުރައްވަނީ ވަށާޖެހޭ ތަރައްޤީއެއް ގެނެސް ޤައުމުގެ މިފަދަ މައްސަލަތައް ހައްލުކުރަންކަމަށާއި މިކަމުގައި ހުރިހާ ފަރާތެއްގެ އެއްބާރުލުންވެސް ބޭނުންވާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ޕީއެންސީގެ ޕާޓީގެ ފަލްސަފާގައި މަސައްކަތް ކުރެވޭ ކަމަށްވަންޏާ ވަށާޖެހޭ ގޮތަށް ތަރައްޤީ ގެނެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިއީ އެމަނިކުފާނު އެކަނި ވާހަކަ ދައްކައިގެން ވާނޭކަމެއް ނޫން ކަމަށާއި އިހްތިރާމް އަދާކުރުމުގެ ކެމްޕެއިނެއް ފެށީވެސް އެކަމަށްޓަކައިކަން ރައީސް ފާހަގަކުރެއްވިއެވެ.
" ހިތާމަވެރި ކަމަކީ އަޅުގަނޑުމެން ފިޔަވާ އެހެން ސިޔާސީ ޕާޓީއެއް ބައިވެރި ނުވޭ. އެއީ ކީއްވެތޯ. ހިންގާށޭ އެންމެ އެކައްޗެއް ކިޔަން "
މީގެއިތުރުން ޕީއެންސީގެ ފަލްސަފާގެ ތެރެއިން ހަމަޖެހުން ޤާއިމްކުރުމަށް ކުރެވުނު މަސައްކަތަކަށް އަލިއަޅުވާލައްވާ ވިދާޅުވީ ސިޔާސީ ލީޑަރުންނަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް ފުރުސަތު ފަހިކޮށްދީ އެއްވެސް ވެރިޔަކު މިހާތަނަށް ޖަލަށް ނުލާކަމަށެވެ. މީގެ އިތުރުން ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް މުހިންމު މަސައްކަތްތަކެއް ކުރެވޭކަން ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާޓީގެ އަދި ސަރުކާރުގެ ހުރިހާ މަސައްކަތެއްވެސް ބިނާވާނީ ޕާޓީގެ މި ފަލްސަފާގެ މައްޗަށް ކަމަށެވެ.


%20(1).jpeg?w=3840&q=75)



.jpg?w=3840&q=75)
