







ރައްޔިތުންގެ މަޖިލިސް- ފޮޓޯ: މަޖިލިސް
ރައްޔިތުން މަޖިލީހުގެ މިހާރު ހިނގަމުންދާ ދެވަނަ ދައުރުގެ މަސައްކަތްތައް ނިންމާލައި، މަޖިލިސް ޗުއްޓީއަށް ގޮސްފި އެވެ.
މަޖީލިހުގެ ގަވައިދުގައިވާގޮތުން މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް މި މަހުގެ 15 ވަނަ ދުވަހު ނިންމާލުމަށް ތާވަލްކޮށްފައިވީނަމަވެސް، މަޖިލިސްގެ މަސައްކަތްތައް ނުނިމި ހުރުމުގެ ސަބަބުން 2 ފަހަރު މަތިން މުއްދަތު އިތުރުކޮށް އެންމެ ފަހުގެ މުއްދަތަކަށް ކަނޑައެޅީ މި މަހުގެ 27 ވަނަ ދުވަހެވެ.
ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ކޮންމެ އަހަރަކުވެސް 3 ދައުރަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ފުރަތަމަ ދައުރުގެ ޖަލްސާތައް ފެބްރުއަރީ 1 އިން ފެށިގެން މެއި 15 ގެ ނިޔަލަށް ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި ދެވަނަ ދައުރުގެ ޖަލްސާތައް ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާއިރު، ތިންވަނަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ އޮކްޓޯބަރު 1 އިން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
ދެވަނަ ދައުރުގެ ޖަލްސާ ނިންމާލައި، ޗުއްޓީއަށް ގޮސްފައިވަނީ މިއަދުގެ ޖަލްސާގައި އެކަނިވެސް މުހިންމު ބިލްތައް ފާސްކޮށްފައިވެ އެވެ.
މި އަހަރުގެ ފަހު ދައުރުގެ ޖަލްސާ މި އަންނަ އޮކްޓޯބަރު މަހުގައި ފެށޭއިރު، ދައުރު ނިމޭނީ ނޮވެންބަރު މަހުގަ އެވެ. އަދި މި ދައުރުގެ ޖަލްސާގައި ހާއްސަ ސަމާލުކަމެއްދީގެން ފާސްކުރާނީ މި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓެވެ.








