



.jpg?w=3840&q=75)




ރައްޔިތުންގެ މަޖިލިސް
69 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސްގައި ބައިވެރިވަޑައިގަތުމަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މަތީ ފަންތީގެ ވަފުތެއް އެފްރިކާއަށް ފުރާވަޑައިގެންފި އެވެ.
މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ކޮންފަރެންސް އޮންނަނީ ސައުތު އެފްރިކާގެ ކޭޕް ޓައުންގަ އެވެ.
މިއީ ސައުތު އެފްރިކާގެ ގާނޫނު ހަދާ މަޖިލީހާއި ސީޕީއޭ ސައުތު އެފްރިކާ ބްރާންޗުން ގުޅިގެން އިންތިޒާމްކުރާ ކޮންފަރެންސް އެކެވެ. މި ކޮންަފަރެންސްގައި ކޮމަންވެލްތުގެ ޤައުމުތަކުގެ މެދުގައި ޕާލިމެންޓަރީ ޑިމޮކްރަސީ އިތުރަށް ހަރުދަނާކުރުމަށާއި، ވެރިކަން ހިންގުމުގެ ނިޒާމުތައް ހަރުދަނާކުރުމަށް މަޝްވަރާކުރުމަށް ހަމަޖެހިފަ އެވެ.
މީގެ އިތުރުން، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ދެފަރާތުގެ މަޞްލަޙަތު ހިމެނޭ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ކޮމަންވެލްތުގެ އެކި ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންނާއި އިސް އޮފިޝަލުން މި ކޮންފަރެންސްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާނެ އެވެ.
މި ދަތުރުފުޅުގެ ސަބަބުން ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަނާއި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ އެވެ. އަދި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ މަޖިލީހުގެ ދައުރު ފުޅާވެގެންދާނެ ކަމަށްވެސް ބެލެވެ އެވެ.




.jpg?w=3840&q=75)



