
%20(1).jpeg?w=3840&q=75)

.jpeg?w=3840&q=75)


%20(1).jpeg?w=3840&q=75)

ޝޯގެ ހޯސްޓް ސަލްމާން ޚާން
'ބިގް ބޮސް 20' އަށް ބައިވެރިން ހޮވުމުގައި ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، ޝޯގެ ހޯސްޓް ސަލްމާން ޚާން އެކަމާ ގުޅޭގޮތުން ވާހަކަދައްކައިފިއެވެ.
އެންމެ ފަހުން ދެއްކި "ވީކެންޑް ކާ ވާރ" އެޕިސޯޑުގައި ސަލްމާން ވަނީ ރިއަލިޓީ ޝޯއަށް ބައިވެރިން ހޮވުމުގައި ގެންގުޅޭ ދިގު މަރުޙަލާތަކާ ބެހޭގޮތުން ވާހަކަދައްކައި، ބައެއް ފަހަރު އުންމީދުކުރާ ފެންވަރުގެ ބައިވެރިން ނުހޮވޭކަމަށް އެއްބަސްވެފައެވެ.
ސަލްމާން އިތުރަށް ބުނީ ބައިވެރިން ހޮވުމުގެ މަރުޙަލާގައި އެތައް ހާސް ބަޔަކާ ބައްދަލުކޮށް އިންޓަވިއު ކުރާ ކަމަށާއި، މި 16 ބައިވެރިންނަކީ އެތައް ބައެއްގެ ތެރެއިން ހޮވި 16 މީހުން ކަމަށެވެ. އެކި ދާއިރާތަކުން މަޝްހޫރު މީހުން ހޮވުމަށް 8 މަސް ދުވަސް ނަގާކަމަށްވެސް އޭނާ ބުންޏެވެ.
އަދި ޝޯއަށް އައުމާއެކު މިއީ ކޮންކަހަލަ ކާސްޓިންގ އެއްތޯ މީހުން ސުވާލުކުރި ނަމަވެސް، އެއް ހަފްތާ ފަހުން ބައެއް ކެރެކްޓަރތަކަށް މީހުން ލޯބިކުރަން ފަށާފައިވާކަން ސަލްމާން ފާހަގަކުރިއެވެ.
އޭނާގެ މަޤްޞަދަކީ ބައިވެރިންނާ މެދު ގޮތް ނިންމުން ނޫން ކަމަށާއި، އޭނާގެ ޚިޔާލު ފާޅުކޮށް، ލިބިފައިވާ ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ހިތްވަރު ދިނުން ކަމަށްވެސް ސަލްމާން ބުންޏެވެ.
މި އެޕިސޯޑުގައި ސަލްމާން ވަނީ ޤާޒީ ތައުޤީރަށް ޚާއްޞަ ތަޢުރީފެއްކޮށް، އޭނާއަކީ ގޭގެ "ރޮކްސްޓަރ" ގެ ގޮތުގައި ސިފަކޮށްފައެވެ.
ސެޕްޓެމްބަރު 6 ގައި ފެށި ބިގް ބޮސް 20 ގައި މާހީ ވިޖް، މޭރީ ކޯމް އަދި ކަނިކާ މާން ފަދަ 16 ބައިވެރިން ހިމެނެއެވެ.

%20(1).jpeg?w=3840&q=75)

.jpeg?w=3840&q=75)



