%20(1).jpeg?w=3840&q=75)




.jpg?w=3840&q=75)


%20(1).jpeg?w=2048&q=75)
-
މެލޭޝިއާގައި ތިބި ކަޔާލީ ބްރޭންޑަށް ލޯބިކުރާ ފަރާތްތަކަށް މިހާރު މިވަނީ އުފާވެރި ޚަބަރެއް ލިބިފައެވެ.
ސެންޓު އުފައްދާ މި މަޝްހޫރު ބްރޭންޑުން ވަނީ ފުރަތަމަ ފަހަރަށް "ޔަމް ލިޕް އެންޑް ބޮޑީ ކަލެކްޝަން" ތަޢާރަފުކޮށްފައެވެ. މީގެ ތެރޭގައި އެ ބްރޭންޑުގެ އެންމެ މަޤުބޫލު ދެ ވަސް އެކުލެވޭ ބޮޑީ ކްރީމް އަދި ލިޕް ބާމް ހިމެނެއެވެ.
މި ކަލެކްޝަން ސެޕްޓެމްބަރު 30 ގައި ސެފޯރާ މެލޭޝިއާއިން ލިބެން ހުންނާނެއެވެ. މީގެ ތެރޭގައި ހިމެނެނީ ކަޔާލީގެ ޑެޒަރޓް-އިންސްޕަޔަރޑް ދެ ވަސް ކަމަށްވާ "ޔަމް ބޫޖީ މާޝްމެލޯ | 81" އަދި "ޔަމް ޕިސްޓާޝިއޯ ޖެލާޓޯ | 33" އެވެ.
"ޔަމް ބޫޖީ މާޝްމެލޯ | 81" ގައި ސްޓްރޯބެރީ، ޕިންކް މާޝްމެލޯ އަދި ވިޕްޑް ވެނީލާގެ ވަސް އެކުލެވިގެންވާއިރު، "ޔަމް ޕިސްޓާޝިއޯ ޖެލާޓޯ | 33" ގައި ހިމެނެނީ ޕިސްޓާޝިއޯ ޖެލާޓޯ، ވިޕްޑް ކްރީމް، ހޭޒަލްނަޓް އަދި އެހެނިހެން ފޮނި ވަސްތަކެވެ.
ކޮންމެ ވަހެއްވެސް މިހާރު ދެ ގޮތަކަށް ލިބެން ހުންނާނެއެވެ. އެއީ "ސިލްކް ސުފްލޭ ބޮޑީ ކްރީމް" އާއި "ކޭޝްމިއަރ ކިސް ލިޕް ބާމް" އެވެ.
ކަޔާލީގެ ފައުންޑަރ މޯނާ ކައްޓަން ބުނިގޮތުގައި ގޮތުގައި، މި އައު އުފެއްދުންތަކަކީ ހަމައެކަނި ކޮސްމެޓިކްސް ދާއިރާއަށް ވަނުމުގެ ބަދަލުގައި، އެ ބްރޭންޑުން މަޝްހޫރުވެފައިވާ "ފްރެގްރެންސް ލޭޔަރިންގ" އިތުރަށް ފުޅާކުރުމުގެ މަޤްޞަދުގައި ތަޢާރަފުކުރި އުފެއްދުންތަކެކެވެ.
މި ކްރީމްތަކުން 24 ގަޑިއިރު ވަންދެން ހަންގަނޑު ތެތްކޮށްދޭނެކަމުގެ ޔަޤީންކަން ދެއެވެ. އަދި މިގޮތަށް ހަންގަނޑު ތެތްކޮށް ހުރުމުން، އޭގެ މައްޗަށް ޖަހާ ސެންޓުގެ ވަސް ގިނައިރު ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.
ކޭޝްމިއަރ ކިސް ލިޕް ބާމް އަކީ 8 ގަޑިއިރު ވަންދެން ތުންފަތް ތެތްކޮށްދޭ، އަދި މަޑު ސިލިކޯން އެޕްލިކޭޓަރއެއް އެކުލެވޭ އުފެއްދުމެކެވެ. ބޫޖީ މާޝްމެލޯ ލިޕް ބާމްގައި މަޑު ކުލައެއް ހުންނައިރު، ޕިސްޓާޝިއޯ ޖެލާޓޯ އަކީ ކުލަ ނުހުންނަ ލިޕް ބާމް އެކެވެ.
މި އައު އުފެއްދުންތައް ފާހަގަކުރުމަށްޓަކައި، ކަޔާލީން ދަނީ "ހައުސް އޮފް ޔަމް" ގެ ނަމުގައި ޚާއްޞަ ހަރަކާތްތަކެއް ބާއްވަމުންނެވެ.
%20(1).jpeg?w=3840&q=75)



