



.jpg?w=3840&q=75)



މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ - އެމްއެމްއޭއިން ތައާރަފުކޮށް ބޭނުންކުރަމުން އަންނަ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" ޚިދުމަތާ ގުޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ފުރިހަމަކޮށް، ފަހިޕޭއިންގެ ޚިދުމަތްތައް ދޭން ފަށައިފިއެވެ.
ގައުމީ ޕޭމަންޓް ނިޒާމު ފަވަރައާއި ގުޅުމަށް ޑިޖިޓަލް ވޮލެޓް ފަހިޕޭއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ، 9 ނޮވެމްބަރު 2026ގައެވެ.
އެމްއެމްއޭއިން ބުނީ، ފަހިޕޭއިން ފަވަރައާ ގުޅުމާއެކު ފަހިޕޭ ޕްރައިވެޓް ލިމިޓެޑުން ޚިދުމަތްތައް ހޯދާ ހުރިހާ ކަސްޓަމަރުންނަށް ވެސް ފަވަރަ ޓްރާންސްފަރ، ފަވަރަ ރިކުއެސްޓް، ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލް ހިމެނޭހެން މި ސިސްޓަމްގެ އެންމެހާ ޚިދުމަތްތައް މިހާރު ލިބޭނެ ކަމަށެވެ.
"ފަވަރަ" ޓްރާންސްފާއިން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި "ފަވަރަ" ރިކުއެސްޓް މެދުވެރިކޮށް، އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށްވެސް ބިލު ފޮނުވައިގެން ފައިސާގެ މުއާމަލާތްތައް ހިންގޭނެއެވެ. މިހާތަނަށް ރާއްޖޭގެ ބޭންކުތަކާއި އަދި ފައިސާގެ މުޢާމަލާތް ކުރާ އެކި ވޮލެޓްތަކުން ވަނީ މި ޚިދުމަތާއި ގުޅިފައެވެ. އެގޮތުން ބޭންކުތަކުގެ އިތުރަށް ދިރާގުން ވަނީ، މި ޚިދުމަތާއި ގުޅިފައެވެ.މިމަސައްކަތުގެ ދަށުން ފަވަރައާއި، އިންޑިޔާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް 'ޔޫޕީއައި'އާ ގުޅާލުމުގެ މަސައްކަތް ވެސް ފުރިހަމަކޮށް ޚިދުމަތް ދޭން ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދެވަނަ މަރުހަލާގައި ކިއުއާރު ކޯޑު ބޭނުން ކޮށްގެން ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހޭނެއެވެ.




.jpg?w=3840&q=75)