
.jpg?w=3840&q=75)





.jpg?w=3840&q=75)
އައްޑޫ ސިޓީގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އައްޑޫ ސިޓީ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް މަޝްވަރާކޮށްފިއެވެ.
ސްޓެލްކޯގެ ބައެއް އިސްވެރިން އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި މި ބައްދަލުވުމުގައި، އައްޑޫގައި ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށާއި، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރިއަށް ރޭވިފައިވާ ތަރައްޤީގެ މަސައްކަތްތަކުގައި ދެފަރާތް ގުޅިގެން ކުރިއަށްދިއުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މީގެއިތުރުން، ސްޓެލްކޯގެ އެމްޑީ ޑރ. ޢަލީ އަޒްވަރާއި، ކުންފުނީގެ އިސް ޓީމުން މަރަދޫފޭދޫގައި ހުންނަ ސްޓެލްކޯގެ އޮފީހަށް ޒިޔާރަތް ކުރައްވާ، މަރަދޫފޭދޫ އޮފީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ. އަދި އެ އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރައްވާ މަސައްކަތުގެ މާޙައުލާއި، ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައިވާކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
ސްޓެލްކޯގެ މެނޭޖްމަންޓުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ދެވޭ އަސާސީ ޚިދުމަތްތަކަކީ އިތުބާރު ހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭ ޚިދުމަތްތަކަކަށް ހެދުމަށް ކަމަށާއި އެގޮތުން އައްޑޫ ސިޓީގެ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް ޔުޓިލިޓީ ޚިދުމަތްތައް ފުޅާކުރުމަށް ލޯކަލް ކައުންސިލާ ގުޅިގެން މަސައްކަތް ކުރުމަކީ މި ދަތުރުގެ މައިގަނޑު މަޤްޞަދު ކަމަށް ސްޓެލްކޯއިން ބުނެއެވެ.

.jpg?w=3840&q=75)

