








ތ. ތިމަރަފުށީ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން ބުނީ އަލިފާން ނިއްވުމުގެ މަސައަކަތް ކުރަމުން އަންނަކަމަށެވެ.
މި ހާދިސާގައި ބިދޭސީ ފިރިހެނަކަށް އަނިޔާ ވެފައިވާ ކަމަށާއި އެމީހާއަށް ފަރުވާ ދެމުންދާއިރު، ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.




