
.png?w=3840&q=75)
.jpg?w=3840&q=75)
.png?w=3840&q=75)





ދ.އަތޮޅު ރިސޯޓެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދ. އަތޮޅު ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ ޗާނދަނީވިލާ / ސ. މަރަދޫފޭދޫ، ޙުސައިން ޒަމީރު ނާޞިރު (26އ) ކަމަށެވެ.
މި ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، މި ރިސޯޓުގެ ސީޕްލޭން ޕްލެޓްފޯމް މަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 27 ގުރާމުކަމަށް ފުލުހުން ފާހަގަކުރި އެވެ.
މި މައްސަލައާ ގުޅިގެން ޙުސައިން ޒަމީރު ނާޞިރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.
ފުލުހުން ދަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކައި ވިޔަފާރިކުރާ ފަރާތްތަކާއި ދެކޮޅަށް ކާމިޔާބު އޮޕަރޭޝަންތައް ހިންގަމުންނެވެ.





.png?w=3840&q=75)
.jpg?w=3840&q=75)
.png?w=3840&q=75)
