
.jpg?w=3840&q=75)



ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފަސިންޖަރެއް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް ސާވިސް އިން ބުނީ މި މައްސަލާގައި މިދިިޔަ މަހުގެ 24 ވަނަ ދުވަހު ތައިލޭންޑުން ރާއްޖެއަށް 62 އަހަރުގެ ދިވެހި ފިިރިހެނެއް އަތުލައިގެންފައިވާ ކަމަށެވެ.
އޭނާ އަތުލައިގެންފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ ފަސިންޖަރުގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން، ކަސްޓަމްސް އޮފިސަރުން އެފަސިންޖަރާއި ސުވާލުކޮށް އިތުރަށް ބަަލައިފާސްކުރިއިރު، 117.6 ގްރާމް ކޮކެއިން، 167.30 ގްރާމް ސިންތެޓިކް ކެތިނޯން ފެނިފައިވާ ކަމަށެވެ. އަދި މި ތަކެތީގެ ޖުމްލަ ބަރުދަނަކީ 284.9 ގްރާމް (19 ބުލެޓް) ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މިހާރަކަށް އައިސް މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެެފައިވާއިރު، މި މައްސަލަ ހައްލުކުރުމަށް ކަމާބެހޭ އިދާރާތްތަކުން ދަނީ މަސައްކަތްކުރަމުންނެވެ.

.jpg?w=3840&q=75)

.jpg?w=3840&q=75)
.jpg?w=3840&q=75)
