.jpg?w=3840&q=75)
.jpeg?w=3840&q=75)







ފައިލް ފޮޓޯ
ތިން ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަނިކޮށް އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ ރާއްޖެއަށް ވައިގެ މަގުން އެތެރެ ކުރަން އުޅުނު ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ކަސްޓަމްސްއިން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މިތަކެތި އަތުލައިގަތީ މިމަހުގެ 22 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގި މި އޮޕަރޭޝަނެއްގައި ކަމަށާއި އެތަކެތި ފެނިފައިވަނީ ވައިގެމަގުން ގެނެސްފައި ހުރި އެއަރފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައި ކަމަށެވެ.
ކަސްޓަމްސް އިން ބުނީ އޭގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި3.51ކިލޯ ހުރި ކަމަށާއި އެތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރި ކެނަބިސް އަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. އެހެންނަމަވެސް މި މައްސަލައިގަ މީހަކު ހައްޔަރު ކުރި ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
.jpg?w=3840&q=75)
.jpeg?w=3840&q=75)


