






ބިދޭސީން ބަލައި ފާސްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން- ފޮޓޯ: އިމިގްރޭޝަން
ރޭ ހުޅުމާލޭގެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، 79 މީހުން ޗެކްކުރުމަށްފަހު، 6 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނީ މިއީ އިންޓަޕޯލްއިން މި އޮކްޓޫބަރު މަހު ސަރަހައްދީ ފެންވަރުގައި ކުރިއަށްގެންދާ "އޮޕަރޭޝަން ސްޓޯމް މޭކަރ 4" ގެ ދަށުން ހިންގުނު އޮޕަރޭޝަނެއް ކަމަށެވެ.
އިމިގްރޭޝަނުން ބުނީ މިއީ މީހުން ޓްރެފިކްކުރުން ހުއްޓުވުމަށާއި މެންބަރު ޤައުމުތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކޮށް ގުޅިގެން މަސައްކަތްކުރުމަށް ހާއްސަ އިންސްޕެކްޝަނަކާއި ރެއިޑް އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަންގައި، އިމިގްރޭޝަން އާއި ފުލުހުން ގުޅިގެން އިއްޔެ މާލޭގެ ބާޒާރު ސަރަހައްދާއި ނޯތު ހާބަރުން 160 ބިދޭސީއަކު ބަލައި ފާސްކޮށް، 9 މީހަކަށް ނޯޓިސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.އަދި އެކަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ދަނީ އެކި ކަހަލަ އޮޕަރޭޝަންތައް ހިންގަމުންނެވެ.






