
މަސްތުވާތަކެތީގެ މައްސަލާގައި ގެސްޓްހައުސްއިން ހައްޔަރުކުރި 9 މީހުން- ފޮޓޯ: ފުލުހުން
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ބަންގްލަދޭޝް 9 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ބަންގްލަދޭޝް ރައްޔިތުންކަމަށްވާ ތޯހިދުލް އިސްލާމް (35އ) އާއި، މޮނީރް ބެޕާރީ (37) އާއި، ޖަކިރް މުންޝި (46އ) އާއި، އެމް.ޑީ އަބު ޒަބެރް ޕްރަމަނިކު (37އ) އާއި، އެމް.ޑީ އުސްމާން (23އ) އާއި، މޮހައްމަދު ބަބްލޫ އަލީ (34އ) އާއި، އެމް.ޑީ ރައިހާން (32އ) އާއި، އަފްރަނުލް ހޮގް އާޝިކު (34އ) އަދި މުޙައްމަދު ރަކިބް ހޮސެއިން (30އ) އެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހުގެ 1 ވަނަ ދުވަހު މާލޭގެ ގެސްޓްހައުސްއެއް ބަލައިފާސްކުރުމުގެ ތެރެއިން ކަމަށެވެ. އަދި އެ ގެސްޓްހައުސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށެވެ.
މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ޑީޕޯޓްކޮށްދިނުމަށް އެދި އެންމެންވެސް މިހާރު މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
















