







%20(5).jpeg?w=1200&q=75)
ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާދަށް އަމާޒުވި ޙަމަލާއާ ގުޅިގެން ވައިގެ ތެރެއަށް ގޮއްވާލި އުޅަނދެއްގެ ބައިތައް (ޝްރެޕްނަލް) ވެއްޓި، ސަޢޫދީ އަރަމްކޯގެ އިދާރީ ޢިމާރާތަކަށް ކުދި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ޤައުމުގެ ހަކަތައާ ބެހޭ ވުޒާރާއިން ކަށަވަރުކޮށްދީފި އެވެ.
އަލްޖަޒީރާއާށް ހަކަތައާ ބެހޭ ވުޒާރާގެ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި، ވައިގެ ތެރެއިން ވައްޓާލި އުޅަނދުގެ ބައިތައް ވެއްޓިފައިވަނީ ރިޔާދުގައި ހުންނަ އަރާމްކޯގެ އިދާރީ އޮފީހެއްގެ ޢިމާރާތަށެވެ.
އަދި މި ހާދިސާގައި ޢިމާރާތަށް ކުދި މާއްދީ ގެއްލުންތަކެއް ލިބުނު ނަމަވެސް، އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެ އޮފިޝަލް ކަށަވަރުކޮށްދެއްވިއެވެ.
މި ހާދިސާ ހިނގުމާއެކު، ސަލާމަތީ އަދި ކަމާބެހޭ އިދާރާތަކުން ވަނީ ވަގުތުން އެ ސަރަޙައްދުގައި ހަރަކާތްތެރިވެ، އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އަޅާފައެވެ.
ޔަމަނުގެ ދިގުލީ ދާޚިލީ ހަނގުރާމަ މެދުކަނޑާލުމަށް 2022 ވަނަ އަހަރު ޤާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މިއަހަރުގެ ޖުލައި މަހު ރޫޅިގެން ދިޔުމާ ގުޅިގެން، ސަޢޫދީ އިއްތިހާދާއި ޙޫޘީ ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރާ ޙަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެގޮތުން ފަހަކަށް އައިސް ޙޫޘީން ދަނީ ސަޢޫދީގެ މައި އެއަރޕޯޓުތަކަށާއި، ހަކަތަ އުފައްދާ މަރުކަޒުތަކުގެ އިތުރުން އަސްކަރީ މުހިންމު ސަރަޙައްދުތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ.





%20(5).jpeg?w=3840&q=75)


