








އިންޓަނެޓް މެދުވެރިކޮށް ދަރިވަރަކަށް ގަނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ސެންޓްރަލް ޕޮލިސް ސަރަހައްދުގައި ހިމެނޭ ރަށެއްގެ ސްކޫލު ދަރިވަރުންތަކެއް އިންޓަނެޓު މެދުވެރިކޮށް ގަނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ފުލުހުން މިކަން ހާމަކޮށްފައިވާއިރު، މެދުރާއްޖެތެރޭ ރަށެއްގައި ކިޔަވަމުންދާ ސްކޫލް ދަރިވަރެއްގެ ނަމުގައި ސޯޝަލްމީޑިއާގައި އެކައުންޓެއް ހަދައިގެން އެހެން ދަރިވަރުންތަކެއް ބުލީކުރަމުންދާ ވާހަކަތަކެއް ސޯޝަލްމީޑިއާގައި މިފަހުން އަންނަނީ ދައުރުވަމުންނެވެ.
ދައުރުވަމުންދާ ސްކްރީންޝޮޓުތަކުން ފެންނަ ގޮތުގައި، ޝިކާރައަށްވެފައިވާ ކުއްޖާގެ އަމިއްލަ ނަފުސަށް ގެއްލުން ދިނުމަށް ވެސް ބުލީ ކުރަމުންދާ އެކައުންޓުން ހިތްވަރުދީފައިވެއެވެ.








.jpg?w=3840&q=75)