








-
ރާއްޖޭގެ މޫސުން އިތުރަށް ގޯސްވެ، އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު އަދި ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު ނެރެފި އެވެ.
މެޓް އޮފީހުން އުތުރުގެ އަތޮޅުތަކަށް ނެރުނު ރީނދޫ ސަމާލުގައި ބުނެފައިވަނީ، މިއަދު (8 ނޮވެންބަރު 2026) މެންދުރުފަހު 15:00 އިން ފެށިގެން މިރޭ 19:00 އާ ހަމައަށް އެ ސަރަޙައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެއިތުރުން، ހއ. އަތޮޅުން ފެށިގެން ފުވައްމުލައް ސިޓީއާ ހަމައަށް މިއަދު މެންދުރުފަހު 14:00 އިން މިރޭ 20:00 އާ ހަމައަށް މެޓް އޮފީހުން ވަނީ ހުދު ސަމާލު ނެރެފައެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާ ދުވަސްވަރަކަށްވާތީ، ރައްޔިތުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.




