








-
ކުއްލި ނުރައްކަލުގެ ޙާލަތެއްގައި ސުނާމީއަކުން ރައްކާތެރިވުމަށް މުވައްޒަފުންގެ ތައްޔާރީ ޙާލަތު ވަރުގަދަކޮށް، އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކޮންސްޓެންސް މޫފުށި ރިސޯޓާ ގުޅިގެން ޚާއްޞަ ސުނާމީ އިވެކުއޭޝަން ޑްރިލެއް ބާއްވައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމްގައި އެންޑީއެމްއޭގެ ޓީމު އިސްވެ ލީޑުކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް، ޢާއިޝަތު ޞަފޫރާއެވެ.
އަދި މި ޙަރަކާތުގައި މޫފުށި ރިސޯޓުގެ އިސް މެނޭޖްމަންޓް ޓީމުގެ އިތުރުން އެ ރިސޯޓުގެ 148 މުވައްޒަފަކު ވަނީ ޢަމަލީ ގޮތުން ބައިވެރިވެފައެވެ.
މި ޑްރިލްގެ މައިގަނޑު މަޤްޞަދަކީ ސުނާމީ ފަދަ ކާރިސާތަކުގައި ޢަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށާއި، އިވެކުއޭޝަން ޕްރޮސީޖަރތަކަށް މުވައްޒަފުން އަހުލުވެރިކޮށް، އެފަދަ ކުއްލި ޙާލަތްތަކުގައި ހުޝިޔާރުކަމާއެކު އަވަސް ފިޔަވަޅު އެޅުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު އުނގަންނައިދިނުން ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.






