








-
ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގެ މައި މާލީ މަރުކަޒަށް ދިން ޙަމަލާއެއްގައި، އެ ޤައުމުގެ ތެޔޮ ކުންފުނި އަރާމްކޯގެ ޓަވަރަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ހާދިސާ ދުށް މަންޒަރުދުށް ބަޔަކާއި ހަވާލާދީ ރިޕޯޓުތައް ބުނެފި އެވެ.
ކިންގް ޢަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓް (ކޭއޭއެފްޑީ) ގައި ހުންނަ އަރާމްކޯ ޓަވަރަށް ޙަމަލާ އަމާޒުވިކަން ޔަޤީންކޮށްދެމުން، މަންޒަރުދުށް މީހަކު އޭއެފްޕީ ނިއުސް އޭޖެންސީއަށް މަޢުލޫމާތު ދިން ގޮތުގައި އެ ޢިމާރާތަށް ވަނީ ސީދާ އަމާޒުކޮށް ޙަމަލާ ދީފައެވެ.
އަދި އިތުރު ދެ މީހަކުވެސް ވަނީ އެ ޢިމާރާތަށް މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މަންޒަރު ފެނުނު ކަމަށް ބުނެފައެވެ.
މި ޙަމަލާއާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން އަދި މިހާތަނަށް ރަސްމީ އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.
ޔަމަނުގެ ދިގުލީ ދާޚިލީ ހަނގުރާމަ މެދުކަނޑާލުމަށް 2022 ވަނަ އަހަރު ޤާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މިއަހަރުގެ ޖުލައި މަހު ރޫޅިގެން ދިޔުމާ ގުޅިގެން، ސަޢޫދީ އިއްތިހާދާއި ޙޫޘީ ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރާ ޙަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެގޮތުން ފަހަކަށް އައިސް ޙޫޘީން ދަނީ ސަޢޫދީގެ މައި އެއަރޕޯޓުތަކަށާއި، ހަކަތަ އުފައްދާ މަރުކަޒުތަކުގެ އިތުރުން އަސްކަރީ މުހިންމު ސަރަޙައްދުތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ.





%20(5).jpeg?w=3840&q=75)


