








-
ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ބައިވެރިވި މާސްޓަރ ޑެންޓަލް ކެއާ (އެމްޑީސީ) ގެ ސްޓޯލަށް ޢާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބި، އެ ކްލިނިކުގެ ޙަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ނޮވެންބަރު 5 އިން 7 އަށް ކުރިއަށްދިޔަ މި އެކްސްޕޯގެ ތެރެއިން އެމްޑީސީގެ ސްޓޯލަށް ޒިޔާރަތްކުރި ގިނަ ޢަދަދެއްގެ ޢާންމުންނަށް ވަނީ އެ ކްލިނިކަށް ޒިޔާރަތްކޮށްގެން ދަތްތައް ޗެކްކޮށްލުމުގެ ފުރުޞަތު ފަހިކޮށްދީފައެވެ.
މީގެއިތުރުން، ދަތުގެ ޞިއްޙަތާ ގުޅޭ މުހިންމު މަޢުލޫމާތުތައް ދިނުމާއި، މަޢުލޫމާތު ހިމެނޭ ލީފްލެޓްތައް ބަހާފައިވާއިރު، ޑެންޓިސްޓުންނާ ސީދާ ވާހަކަދައްކާލައި، ދަތުގެ ފަރުވާތަކާ ގުޅޭ އިރުޝާދު ހޯދުމުގެ ޚާއްޞަ ސެޝަންތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެމްޑީސީގެ ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި އެންމެ ބޮޑު މަޤްބޫލުކަމެއް ހޯދީ "ސްޕިން އެންޑް ވިން" ލަކީ ޑްރޯއެވެ.
މި ޙަރަކާތުގެ ތެރެއިން ގިނަ ބަޔަކު ވަނީ އެ ކްލިނިކުން ދަތުގެ ފަރުވާ ހޯދުމަށް %20 އިން ފެށިގެން %75 އާ ހަމައަށް ލިބޭ ބޮޑެތި ޑިސްކައުންޓްތަކާއި، ކްލިނިކުން ހިލޭ ޗެކަޕް ހެދޭނެ ފުރުޞަތުގެ އިތުރުން އަގުހުރި އެތައް ހަދިޔާތަކެއް ކާމިޔާބުކޮށްފައެވެ.
މާސްޓަރ ޑެންޓަލް ކެއާއިން ބުނީ، މި ފަހަރުގެ އެކްސްޕޯގެ ތެރެއިން ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި ތަރުޙީބަކީ އެ ކްލިނިކުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.








