







މުސްލިމުންގެ އެންމެ މާތް ބިން، މައްކާއަށް ދޭން އުޅުނު ހަމަލާއެއް ހުއްޓުވައިފި އެވެ.
ސައުދީ އިސްވެ އޮވެ އުފައްދާފައިވާ ޚާއްސަ އިއްތިހާދާއި ހަވާލާދީ ދާދި ދެންމެ އަކު އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މައްކާގެ ވައިގެ ސަރަހައްދަށް ވަތް ޑްރޯނެއް ވަނީ ވައްޓާލާފައި އެވެ.
އެގޮތުން ސައުދީ އިސްވެ އުފައްދާފައިވާ ޚާއްސަ އިއްތިހާދުގެ ތަރުޖަމާނު ވިދާޅުވީ މައްކާގެ ވައިގެ ސަރަހައްދަށް ވަދެ ދަތުރުކުރަމުންދިޔަ ޑްރޯންއެއް ހުއްޓުވައި އެ ޑްރޯން މިހާރު ނައްތާލާފައިވާ ކަމަށެވެ.
މިއީ ހޫތީން ފޮނުވާލި ހަމަލާއެއްކަމަށް ޔަމަނުންވެސް ތުހުމަތުކުރަމުންދާއިރު އަދި މިހާތަނަށް މި ހަމަލާއާއި ގުޅިގެން ހޫތީން ބަހެއް ބުނެފައި ނުވެއެވެ.
އިތުރު ތަފްސީލް އަންނަނީ ..







