








މިފްކޯ މަސްފިހާރަ
މިފްކޯގެ ހިދުމަތްތައް އެއްތާކުން ފެންނާނެގޮތަށް ފަރުމާކޮށްފައިވާ އޮންލައިން ޕޯޓަލެއް މިފްކޯ އިން ތައާރަފްކޮށްފި އެވެ.
މިފްކޯއިން ބުނީ މިއީ މިފްކޯގެ ޕާޓްނަރުންނާއި، ވަޒީފާއަށް އެދޭ ފަރާތްތަކާއި، ވެންޑަރުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މަރުކަޒީ ޑިޖިޓަލް ޕްލެޓްފޯމް – މިފްކޯ އޮންލައިން އިން ކަމަށެވެ.
މިފްކޯގެ 33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ތަޢާރަފުކުރެވުނު މި ޕޯޓަލަކީ، މުހިންމު ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބިގެންދާނެ ގޮތަށް އެކުލަވާލެވިފައިވާ ޕްލެޓްފޯމެއްކަމަށް މިފްކޯ އިން ބުންޏެވެ.
މި ޕޯޓަލްގެ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި:
* މަސްފިހާރަ ޕާޓްނަރ ރަޖިސްޓްރޭޝަން
* މިފްކޯ ރެކްރޫޓްމަންޓް އަދި ވަޒީފާގެ ފުރުޞަތުތައް
* ވެންޑަރ އަދި ސަޕްލަޔަރ ރަޖިސްޓްރޭޝަން (ޕްރޮކިއުމަންޓް އަދި ޓެންޑަރުތަކަށް)
އިތުރު އެތެރޭގެ ޚިދުމަތްތަކާއި ކަސްޓަމަރުންނަށް ހާއްސަ ހިދުމަތްތައް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް މިފްކޯއިން ބުންޏެވެ. އަދި މިފްކޯއިން މެދުކެނޑުމެއްނެތި އާ އީޖާދުތަކާއި ޑިޖިޓަލް ކުރިއެރުންތައް ގެނެސްދިނުމުގެ މަސައްކަތްތަކެއް ކުރާނެކަމުގެ ޔަގީންކަން މިފްކޯއިން ދިނެވެ.




