








މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކަޅުބިލަ މަސް މިއަދު ގަންނަނީ 23 ރުފިޔާ އަށް ކިލޯއެއް ކަމުގައި ބުނެފިއެވެ.
އެ ކުންފުނިން މަސްގަންނަ އަގުތައް އާންމުކުރި ޕޯސްޓަރެއްގައި ވަނީ ކަޅުބިލަ މަސް ކިލޯއެއް 23 ރުފިޔާ އަށް ގަންނައިރު، 10 ކިލޯ އިން 15 ކިލޯ އާ ދެމެދުގެ ބޮޑުކަންނެލި ކިލޯއެއް 20 ރުފިޔާ އަށް ގަންނަ ކަމަށެވެ. އަދި 15 ކިލޯ އިން މަތީގެ ބޮޑުކަންނެލި ކިލޯއެއްގެ އަގަކީ 25 ރުފިޔާ ކަމަށް ވަނީ ބުނެފައެވެ.
މިއަދު ވެސް އެކުންފުނީގެ ތިން ސެންޓަރުކަމަށްވާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ ބަނދަރުތަކުންނާއި ތ. ހިރިލަންދޫ، ގދ. ތިނަދޫ، މ. މުލައް، ހއ އިހަވަންދޫ ބަނދަރުތަކުން ކަޅުބިލަމަސް ކިލޯއެއް ގަންނަމުންދާނީ 23 ރުފިޔާއަށް ކިލޯއެއްގެ ރޭޓުންނެވެ.
މިފްކޯއިން މިހާރު ދަނީ ސަޕްލައި އެންޑް ޑިމާންޑަށް ބަލައި ކަޅުބިލަމަސް ގަންނަ އަގު ދޭތެރެ ދޭތެރެއިން ބަދަލުކުރަމުންނެވެ. ޢެހެންނަމަވެސް އަގުތަކަށް ބަދަލު ގަންނަން ފެށިފަހުން ެސް ސަރުކާރުން ވައުދުވެފައިވާ އަގަށްވުރެ މިހާތަނަށް އަގު ދަށްކޮށްފައެއް ނުވެއެވެ. އެވްރެޖްގޮތެއްގައި މަސްކިލޯއެއް ގަންނަމުންދަނީ 22 ރުފިޔާއިން މަތިންނެވެ.މިއަދު މިގެނައި ބަދަލަކީ މިފްކޯއިން އަގާ ކުޅެން ފެށިފަހުން މަސް ގަންނަ އެންމެ ބޮޑު އަގެވެ.




