




.jpg?w=3840&q=75)



މި އަހަރުގެ މިހާތަނަށް މިފްކޯއިން މަސްވެރިންނަށް326،293،946 މިލިޔަން ރުފިޔާ ދޫކޮށްފި އެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޑެޓް (މިފްކޯ) އިން ނެރިފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނައިން ކަނޑުމަސް ކިރުވާފައިވާއިރު، އެއީ 17،540 ޓަނުގެ ކަނޑުމަސް އެވެ.
މިފްކޯއިން 826 ޓަނުގެ ރީނދޫ އުރަހަ ކަންނެލި ކިރާފައިވާއިރު، މަސްވެރިންނަށް 16،457،803 ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި މިފްކޯއިން މުޅި ޖުމްލަ 18،366 ޓަނުގެ މަސް ކިރާފައިވެ އެވެ.
މީގެކުރިން މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވި ނަމަވެސް މިހާރު 48 ގަޑިއިރު ތެރޭގައި ދަނީ، ފައިސާ ދޫކުރަމުންނެވެ. އަދި މަސް ގަންނަ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާއިރު، ރާއްޖޭގެ ހުރިހާ ހިސާބަކުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމްވެސް ދަނީ ހަމަޖައްސަމުންނެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމާއި، މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމެވެ.




