


.jpeg?w=3840&q=75)


.jpeg?w=3840&q=75)


ފުވައްމުލައް ސިޓީގައި ހުޅުވި މިފްކޯގެ ފިހާރަ- ފޮޓޯ:މިފްކޯ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ފިހާރައެއް ފުވައްމުލައް ސިޓީގައި ހުޅުވައިފި އެވެ.
މިއީ ކުންފުނިން ސިޓީތަކުގައި މިފްކޯގެ ފިހާރަތައް ހުޅުވުމަށް ނިންމާފައިވާ ނިންމުމުގެ ދަށުން މާލެއިން ބޭރުގައި ހުޅުވި 2 ވަނަ ފިހާރަ އެވެ.
ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ހަދާފައިވާ ފުވައްމުލައް ފިޝް ޕްރޮސެސިންގް ފެސިލިޓީއާއި އިންވެގެން ހުޅުވި ފިހާރަ ހުޅުއްވައިދެއްވީ މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު އަނަސްއެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ އިސްވެރިންނާއި ފުވައްމުލަކު ރައްޔިތުން ބައިވެރިވިއެވެ.
މި ފިހާރައިގެ ސަބަބުން ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް ލުއި އަގެއްގައި މެދުނުކެނޑި ހުރިހާ ބާވަތްތަކެއް ލިބުމަށް މަގުފަހިވެގެންދާނެ އެވެ.
މިފްކޯއިން ބުނީ މިފްކޯގެ އެހެން ފިހާރަތަކެކޭ އެއްގޮތަށް މި ފިހާރަވެސް ހަފްތާގެ 7 ދުވަހު ހުޅުވައި ހިދުމަތްދޭނެ ކަމަށެވެ.
މިފްކޯގެ އަމާޒަކީ އުފެއްދުންތެރިކަން އިތުރުކޮށް، ފެންވަރު ރަނގަޅު އުފެއްދުންތަކެއް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުނި އެވެ. އަދި ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާގޮތުގެމަތީން މަސްވެރިކަމުގެ ދާއިރާ ކުރިއަރުވައި، ދިވެހި މަސްވެރިންނަށް ނަފާ އިތުރުކޮށްދިނުމެވެ.



.jpeg?w=3840&q=75)



