

.jpg?w=3840&q=75)






ވޯލްޑް ޓްރެވަލް މާކެޓަށް ރާއްޖެއިން އެންމެ ފަހުގެ ތައްޔާރީތައްވަމުންދަނީ- ފޮޓޯ: ޕީއެސްއެމް
ވޯލްޑް ޓްރެވަލް މާކެޓަށް ފެއާ އަށް ރާއްޖެއިން އެންމެ ފަހުގެ ތައްޔާރީތައްވާން ފަށައިފި އެވެ.
ވޯލްޑް ޓްރެވަލް މާކެޓް ފެއަރއަކީ ދުނިޔޭގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ އެންމެ ގިނަ ބަޔަކު އެއްތަނަކުން ބައްދަލުވެ، ވިޔަފާރި މާކެޓްކުރުމަށް ބާއްވާ އެންމެ ބޮޑު އެއް ފެއަރ ލަންޑަންގެ އެކްސެލްގައި ބާއްވާ މި ފެއަރއަކީ ކޮންމެ އަހަރަކުވެސް ނޮވެންބަރު މަހު ބާއްވަމުން އަންނަ ފެއަރއެކެވެ.
1984 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ބައިވެރިވަމުންދާއިރު،މި އަހަރުގެ ފެއަރ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. އަދި ފެއަރގައި ބައިވެރިވުމަށް ރާއްޖެއިން މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައްވަމުންނެވެ.
ރާއްޖެއިން މި އަހަރުގެ ފެއަރގައި 62 ކުންފުންޏަކުން 136 ފަރާތެއް ބައިވެރިވާއިރު،މި ފެއަރގައި ރިސޯޓްތަކާއި ޓްރެވަލް އެޖެންޓުންނާއި އެއާލައިންތައް އަދި މި ދާއިރާގައި އެކި ޚިދުމަތްތައްދޭ ފަރާތްތަކުން ބައިވެރިވާ ފެއަރ އެކެވެ. އަދި ރާއްޖެއިން މި ފެއަރގައި 161 މަންދޫބުންގެ ވަފުދެއް ބައިވެރިވެ އެވެ.
ފެއާގެތެރެއިން ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ފުރުސަތުތަކާއި، އެކިއެކި ރިސޯޓްތަކާއި ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ދެމުންދާ ހިދުމަތްތަކާއި، އަދި ގުޅިގެން ވިޔަފާރީގެ މުއާމަލާތްތައް ގެންދެވޭނެ ދާއިރާތަކުން މަޝްވަރާކުރުމުގެ ފުރުސަތު ފުޅާ ދާއިރާއެއްގައި ވިޔަފާރިތަކަށް ލިބިގެންދެ އެވެ.
ބައިނަލްއަގްވާމީ މީޑިއާތަކަށާއި ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރި ޕާޓްނަރުންނަށް "ވިޒިޓް މޯލްޑިވްސް އިޔަރ 2027" ރަސްމީކޮށް އިފްތިތާހްކުރުމަށް ހަމަޖެހިފައިވާއިރު،މި ކެމްޕޭނަކީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގެ ފުރިހަމަކަން ތަޖުރިބާކޮށް، އެ ތަޖުރިބާތައް ދުނިޔެއާ ހިއްސާކުރުމަށް ދެވޭ ދައުވަތެވެ.
އަހަރުގެ ތެރޭގައި ކުރިއަށްގެންދާނެ ހަރަކާތްތަކާއި، ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ބައިނަލްއަގުވާމީ ފަރާތްތަކާއެކު އޮތް ފުޅާ ފުރުސަތުތަކުގެ މުހިންމު މައުލޫމާތުތައް ހިއްސާކުރުމަށް ނޫސްވެރިންނާއި މާކެޓްގެ ޙިއްސާދާރުންނާއެކު ނޫސްވެރިންގެ ބައްދަލުވުމެއްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ބައްދަލުވުމުގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާސިރު ބައިވެރިވެވަޑައިގަންނަވަ އެވެ.
މި މައުރަޒުގެ ތެރެއިން ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑްގެ 2027 ވަނަ އަހަރުގެ އެޑިޝަން ތައާރަފްކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ފެއަރ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު ކުރިއަށްދާއިރު، މި ފެއަރގައި 180 ޤައުމަކުން، ދާއިރާގެ 50،000 އަށްވުރެ ގިނަ މީހުން އެއްތަނަކުން ބައްދަލުވާނެ ފެއަރ އެވެ.


.jpg?w=3840&q=75)





